ބޭރު ކުޅިވަރު

ލެވެންޑޮސްކީ ލީގްގައި 200 ގޯލް ޖަހައިފި

Dec 12, 2016

ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އޭނާގެ ކެރިއާގައި 200 ވަނަ ގޯލް ޖަހަިއފި އެވެ.

ރޭ ވޮލްފްސްބާގާ ދެކޮޅަށް 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗްގައި ދެ ގޯލް ކާމިޔާބުކޮށް ލެވަންޑޮސްކީ ވަނީ 200 ވަނަ ގޯލް ހަމަ ކޮށްފަ އެވެ.

އަދި މިއީ އޭނާ ބަޔާން މިޔުނިކަށް ޖަހައިދިން 58 ވަނަ ގޯލެވެ. ފަންސާސް އަށް ގޯލްގެ ތެރެއިން 11 ގޯލް އޭނާ ކާމިޔާބު ކުރީ މި ސީޒަންގެ ލީގްގައެވެ. ހުރިހާ މުބާރާތްތަކާ އެކު މިސީޒަންގައި މިހާތަނަށް އޭނާ ވަނީ 19 ގޯލް ޖަހާފައެވެ.

ލެވަންޑޮސްކީގެ ކެރިއާ ފަށާފައިވަނީ ޕޮލެންޑްގެ ޒްނިކް ޕްރަސްކޯވް އިން ނެވެ. އެ ޓީމުގައި ކުޅުނު 59 މެޗްގައި އޭނާ ވަނީ 36 ގޯލް ކާމިޔާބު ކޮށްފައެވެ.

އެއަށްފަހު އޭނާ ބަދަލުވީ ލެޗް ޕޯޒަން އެޓީމަށް ކުޅުނު 58 މެޗްގައި 32 ގޯލް ކާމިޔާބު ކުރިއެވެ. އެއަށްފަހު އޭނާ ގެންދިޔައީ ބްރޫޝިއާ ޑޯޓަމަންޑަށެވެ. އެޓީމުގައި ކުޅުނު 131 މެޗްގައި އޭނާ ވަނީ 74 ލަނޑު ކާމިޔާބު ކޮށްފައެވެ.