ބޭރު ކުޅިވަރު

އަބަދުވެސް ރެއާލް އަށް ފަސޭހަ، ބާސާ އަށް އުނދަގޫ ޓީމުތަ؟

Dec 13, 2016
1

މިރޭ ބޭއްވި ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ގުރު ނެގުމާއެކު ސޯޝަލް މީޑިއާގައި އަބަދުވެސް ފެންމަތިވާ ވާހަކަ މިރޭވެސް ތަކުރާރުވާން ފަށައިފި އެވެ. ރެއާލް އަށް ފަސޭހަ ޓީމެއް ލިބި ވާދަވެރި ބާސެލޯނާއަށް އުނދަގޫ ޓީމެއް ލިބުނު ވާހަކަ އެވެ.

ގުރޫޕް 'އެފް' ގެ ދެ ވަނަ މަގާމު ލިބުމުން ރެއާލް އަށް ލައްވާލީ ގުރޫޕް 'ބީ' ގެ އެއް ވަނަ ޓީމު އިޓަލީ ލީގްގައި ޗެމްޕިއަން ޔުވެންޓަސްއާ އެންމެ ވާދަވެރި ޓީމު ނަޕޯލީ އެވެ.

ބާސާ ގުރޫޕް 'ސީ' ގެ އެއް ވަނަ ހޯދުމުން އެޓީމަށް ޖެހުނީ ގުރޫޕް 'އޭ' ގެ ދެ ވަނަ ޓީމު އަދި ފްރާންސް ލީގްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.

ރެއާލް އަށް ގުރޫޕް ގެ ދެ ވަނަ ލިބުނު ނަމަވެސް އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ އާސެނަލް އާއި ޔުވެންޓަސްގެ ކިބައިން އެޓީމު ސަލާމަތްވީ އެވެ.

ނަމަވެސް ލުއިސް އެންރީކޭގެ ޓީމު ގުރޫޕްގެ އެއް ވަނަ ހޯދުމުން އުނދަގޫ ޓީމުތައް ކައިރިން އެޓީމަށް ސަލާމަތެއް ނުވެވުނެވެ. ބާސާގެ ސަޕޯޓަރުން އެ ތުހުމަތު ކުރާ ފަދަ ރޭވުމެއް މިކަމުގައި އޮތީ ހެއްޔެވެ.

އަބަދު ރެއާލް ކުރިމަތިވަނީ ފަސޭހަ ޓީމުތައް ހެއްޔެވެ؟ ނުވަތަ ބާސާއަށް ކުރިމަތިލާން ޖެހެނީ އުނދަގޫ ޓީމުތަކާ ހެއްޔެވެ؟
މާޒީގެ ސޮފްހާތައް ހާވާލާއިރު އުނދަގޫ ޓީމުތައް ކުރިމަތިލާންޖެހެނީ ކޮންޓީމަކާ ދެކޮޅަށް ހެއްޔެވެ. ދެހާސް ހަތަރެއް/ ދެހާސް ފަހެއްގެ ޗެމްޕިއަންސްލީގުން ފެށިގެން ފަސޭހަ ޓީމުތައް ކުރިމަތިވީ މި ދެޓީމުގެ ތެރެއިން ކޮންޓީމަކާ ދެކޮޅަށް ހެއްޔެވެ.

ތިރިގައި މިވަނީ 2004 ވަނަ އަހަރުން ފެށިގެން ނޮކައުޓް ސްޓޭޖްގައި މިދެޓީމާ ދެކޮޅާށް ކުރިމަތިލި ޓީމުތަކުގެ ތަފްސީލެވެ.

އެހެން ޓީމުތަކުގެ ކުރިމަތިލުން

މެންޗެސްތާ ސިޓީ / މޮނާކޯ
ބެންފީކާ / ބްރޫޝިއާ ޑޯޓަމަންޑް
ބަޔާން މިޔުނިކް / އާސެނަލް
ޕޯޓޯ / ޔުވެންޓަސް
ބަޔާން ލެވަކޫސަން / އެތުލެޓިކޯ މެޑްރިޑް
ސެވިއްޔާ / ލެސްޓާ ސިޓީ