ޔޫރޮޕާ ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓަޑާއެކު ޕައުލް ޕޮގްބާ އޭނާގެ ބޭބެ ފްލޮރެންޓިން ޕޮގްބާގެ ސެއިންޓް އެޓިއެންއާ ވާދަ ކުރަން ޖެހިއްޖެ އެވެ.
ފްލޮރެންޓިން އަކީ އެޓިއެންގެ ޑިފެންޑަރެވެ. އުމުރުން 26 އަހަރުގެ ފްލޮރެންޓިން ކުޅެމުން ދަނީ ގިނީގެ ގައުމީ ޓީމަށެވެ. ނަމަވެސް އޭނާ ވަނި ފްރާންސްގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.
"މިއީ ވަރަށް ހިތްގައިމު ކަމެއް، ޕައުލް މިހާރުވެސް ހުރީ ހިނި އައިސްފަ. ހަގީގަތުގައި ވެސް މި ވާނީ ވަރަށް ރީތި މަންޒަރަކަށް،" ގުރު ނެގުމުގެ ރަސްމިއްޔާތައްފަހު މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުންޏެވެ.
ފްރާންސް ލީގް އަށް ވަނައިގައި އޮތް އެޓިއެން އަކީ ވަރުގަދަ ޑިފެންސިވް ފޯމޭޝަނެއް ގައި ކުޅޭ ޓީމެކެވެ. މިސީޒަން ގައި ވަރުގަދަ ޑިފެންސްތައް ހާވިއާ ކޮށްލުމުގައި ޔުނައިޓަޑަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ.
އެޓިއެންގެ ތާރީހުގައި އެ ޓީމު ވަނީ ފްރާންސްގެ 10 މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިދިޔަ 35 އަަހަރުގައި އެޓީމަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ.
"އަހަރެމެންނަކީ މުބާރާތުގައި ހިމެނޭ ވަރުގަދަ ނަމެއް. އެހެންވީމަ އުނދަގޫ ވާނެ. ނަމަވެސް އެކަމަށް ތައްޔާރުވާން އަހަރެމެންނަށް ދެ މަސް ލިބޭނެ." މޮރީނިއޯ ބުންޏެވެ.
ޔޫރޮޕާ ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގް މެޗްތައް ކުޅޭނީ 23 ވަނަ ދުވަހުއެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބުނު މެންޗެސްޓާއާ ވާދަވެރި ޓޮޓަންހަމް އަށް ޖެހުނީ ބެލްޖިއަމްގެ ޖެންޓްއާ ދެކޮޅަށެވެ.
ޔޫރޮޕާ ލިގްގެ ވަރުގަދަ ބާރެއް ކަމަށްވާ ވިލަރެއާލް ވާދަ ކުރާނީ އިޓަލިގެ އޭއެސް ރޯމާއާ ދެކޮޅާށެވެ.
އެތުލެޓިކް ބިލްބާއޯ / އޮޕެލް ނިކޯސިއާ
ލީގާ ވާސާ / އަޔެކްސް
އަންޑަލޭކްޓް / ޒެނިޓް ޕީޓާސް ބާގް
އަސްޓްރާ ޖިރޫގިއޫ / ޖެންކް
މެންޗެސްޓާ ޔުނައިޓާޑް / ސެއިންޓް އެޓެއިން
ވިލަރެއާލް / އޭއެސް ރޯމާ
ލުޑޯ ގްރެޓްސް / ކޯޕެންހޭގަން
ސެލްޓަވީގޯ / ޝަހްތަރު ޑޮނެސްކް
އޮލިމްޕިއާކޯސް / އޮސްމާން ލިސްޕޯ
ޖެންޓް / ޓޮޓަންހަމް
ރޮސްޓޯވް / ސްޕާޓާ ޕްރާގް
ކްރަސަންޑާ / ފެނަބާޗޭ
ބްރޫޝިއާ މޮންޗެންގްލެބާކް / ފިއޮރެންޓީނާ
އޭޒެޑް އަލްކްމާ / ލިޔޯން
ހޮޕޭލް ބިއާ ޝީވާ / ބެސްކިޓަސް
ޕައޯކް އެފްސީ / ޝާލްކޭ