މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އާއިލާތަކުގެ 20 ކުއްޖަކު ހިތާނަކޮށްދީފި

Dec 20, 2016

ޕޮލިސް ފެމިލީ އެސޯސިއޭޝަން (ޕީއެފްއޭ) އިންތިޒާމްކޮށްގެން ފުލުހުންގެ އާއިލާތަކަށް އަމާޒްކޮށްގެން ބާއްވާ ޕީއެފްއޭ ހިތާނީ ކޭމްޕްގައި 20 ކުއްޖަކަށް ހިތާނު ކޮށްދީފި އެވެ.

އެ ކޭމްޕު ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގެ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އެގޮތުން އެ ކޭމްޕްގައ 20 ކުއްޖަކު ހިތާނަކޮށްދީފައި ވެއެވެ. ޕީއެފްއޭގެ ޗެއާޕާސަން އިންސްޕެކްޓާ އޮފް ޕޮލިސް އައިމަނަތު ސުޒީ ވިދާޅުވީ އެ ކޭމްޕަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުންގެ އާއިލާތަކުގެ ކުޑަކުދިން ހިތާނު ކުރަން ފުރުސަތު ހޯދައިދިނުމަށާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުވެ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބޭއްވި ކޭމްޕެއް ކަމަށެވެ.

ޕީއެފްއޭ ހިތާނީ ކޭމްޕް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ. އެއެސޯސިއޭޝަނުން މީގެ ކުރިން ވެސްދެ ފަހަރަކަށް ހިތާނު ކޭމްޕް ބާއްވާފައި ވެއެވެ.