އަހުމަދު މަހްލޫފު

މަހުލޫފު ރާއްޖެ އަތުވެއްޖެ، މިރޭ ޖަލަށް ގެންދާނެ

ބޭސްފަރުވާއަށް އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ރާއްޖެ އަތުވެއްޖެ އެވެ. މަހުލޫފް ރާއްޖެ އައީ މީގެ އިރުކޮޅެއް ކުރިންނެވެ.

ކަރެކްޝަންސް އިން ބުނީ، ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވުމުން މީގެ އިރުކޮޅެއް ކުރިން މަހުލޫފު އެނބުރި މާލެ އައިސްފައިވާ ކަމަށާއި އޭނާ އަދި ހުރީ އެއާޕޯޓުގައި ކަމަށެވެ. މިރޭގެ ވަގުތެއްގައި އޭނާ ޖަލަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

މަހުލޫފު ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ.

މަހުލޫފު ޖަލަށް ލާފައިވަނީ ދެ މައްސަލައެއްގަ އެވެ. އެއީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަން ސާބިތުވެ އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށެވެ. މަހުލޫފު ޖަލަށް ލާފައިވާއިރު އޭނާ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.