ވިޔަފާރި

އަލްޝާލީ ކޯސްޓްކްރާފް 37: އަތުނުވާ ދުވެލި!

Dec 22, 2016
1
  • ބަހާލައިގެން ދައްކާ ގޮތަށް ބަނދެވޭ
  • މީހުން އުފުލަން އެންމެ ރަނގަޅު އުޅަނދު
  • ކަނޑަށް ގަދަ، ދުވެލި ބާރު، ރީތި ލޯންޗެއް

ސްޕީޑް ލޯންޗެއްގެ ބޭނުންތެރިކަން ވަޒަން ކުރަނީ ކޮން ނާޅި އަކުން ހެއްޔެވެ؟ މި ސުވާލުގެ ފަހަތުގައި އޮތް ޖަވާބަކީ މިއީ އެވެ. ލޯންޗުގެ ދުވެލި ބާރު ކަމެވެ. ލޯންޗުން ދަތުރުކުރާ މީހުންނަށް އޮންނަ ތަނަވަސް މާހައުލެވެ. އެންމެ މުހިންމު ކަމަކީ ކަނޑަށް ގަދަވުމެވެ. މި ހުރިހާ ސިފައަކުން މި ލޯންޗް ހަމަ ޔަގީނުން ވެސް އުޅެނީ ކުރީގަ އެވެ. މިއީ އަލްޝާލީ ކޯސްޓް ކްރާފްޓް 37 ލޯންޗެކެވެ. މި ލޯންޗުގެ އަތުނުވާ ދުވެއްޔާއި، ބަލައިލަން ވެސް ރީތިވުމެވެ.

"މި ލޯންޗުގެ ތަފާތަކީ އާއްމުކޮށް ބަނދެގެން ވިއްކާ އެހެން ލޯންޗްތަކާ ސީޓިން ކެޕޭސިޓީ ހަމައެވަރެއްގަ، މި ލޯންޗުގެ އެތެރެ ތަނަވަސް ވާނެ. މީހުންނަށް ހިތް ހަމަ ޖެހިލައިގެން ތިބެ ވޭނެ،" އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވި އެވެ.

މި ލޯންޗަކީ އަލްޝާލީ މެރިން މޯލްޑިވްސްގެ އަމިއްލަ އުފެއްދުމެވެ. މި ލޯންޗުގައި 25 ފަސިންޖަރުންނާއި ތިން ފަޅުވެރިންނާއެކު ޖުމްލަ 28 މީހުންގެ ޖާގަ އޮންނާނެ އެވެ. އަދި މި ވަރުން ފުދެނީ އެއް ނޫނެވެ. ލޯންޗު ފަރުމާކޮށްފައި ވަނީ ލޯންޗުގައި އިތުރު މީހުންނަށް ދަތުރުކުރެވޭ ޖާގަ ހެދޭ ގޮތަށެވެ. ސީޓިން ކެޕޭސިޓީ 34 އަށް އިތުރު ކުރެވޭނެ އެވެ.

ބަލައިލަން ރީތި، ކަނޑަށް ގަދަ

ކަނޑުގެ އުޅަނދެއް ހޯދާނަމަ މި ދެ ކަންތައް އަންނާނީ ލިސްޓުގެ އެއްވަނަ އަށެވެ. ހާއްސަކޮށް ފަސިންޖަރުން އުފުލުމުގައި ކަނޑަށް ގަދަވާނެ ގޮތަށް އުޅަނދުގެ ހަލްގަނޑު ބަނދެފައި އޮންނަން ޖެހެ އެވެ. ތިލަފުށީގައި އަލްޝާލީ މެރިން މޯލްޑިވްސް އިން ހިންގާ ބޯޓުޔާޑުގައި މިކަން ކޮށްދެނީ އެންމެ ފުރިހަމަ ކޮށެވެ. އެހެންވެ މި މަސައްކަތާމެދު ދެވަނަ ސުވާލެއް ނެތެވެ.

އެކަން ބަލައި ގަންނަނީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި އާއްމުންނެވެ. އަލްޝާލީ ކޯސްޓް ކްރާފްޓް 37 ލޯންޗުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް މަސައްކަތްތަކުގައި ބޭނުން ކުރެ އެވެ. އަދި ފެރީ ކުރުމަށް ވެސް މި ލޯންޗުގެ ޑިމާންޑް ދަނީ މަތިވަމުންނެވެ.

"ރާއްޖޭގައި އާއްމު ގޮތެއްގައި ދުއްވާ ލޯންޗުތަކާ ބަލާއިރު ބުނެވޭނީ ވަރަށް ރަނގަޅު ކަމަށް. މިހާރު މި ދަތުރު ކުރަނީ އަލިހުރަސް ކަނޑުގައި ބޮޑު ރާޅުމަތީގައި. އެކަމަކު މިވަރެއް ނެތް. މިއީ ހަމަ އެކެއް،" ކޯސްޓް ކްރާފްޓް 37 ލޯންޗެއްގެ ކެޕްޓަނެއް ކަމަށްވާ އަހުމަދު ރަމީޒުގެ ތަޖުރިބާ ހިއްސާކުރި އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްގެ މެނޭޖަރު ޝަރީފު ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރު ނެރުނު މި ލޯންޗް މާކެޓު ނުކުރި ނަމަވެސް، ވަރަށް އެއަށް ބޮޑު ޑިމާންޑެއް އެބައޮތެވެ.

"މައިގަނޑު ގޮތެއްގައި މި ލޯންޗް [ކޯސްޓް ކްރާފްޓް 37 ] ބޭނުން މި ކުރަނީ ރިސޯޓުތަކުގައި. އެކަމަކު ފެރީ ކުރަން ވެސް ވަރަށް ބޮޑު ޑިމާންޑެއް މިހާރު އެބަ އޮތް. މީގެ މައިގަނޑު އެއްޗަކީ މީހުން އުފުލުން. އެކަމަކު ބައެއް ރިސޯޓުތަކުގައި ކަސްޓަމައިޒް ކޮށްގެން ވެސް ބޭނުން ކުރޭ،" ޝަރީފު ވިދާޅުވި އެވެ.

ލޯންޗެއް ކިހާ ވަރަކަށް ބަނދެވޭނެތަ؟

އެންމެ މުހިންމު ސުވާލަކީ މިއީ ތާ އެވެ. މީގެ ލޯންޗެއް ކިހާ ވަރަށް ބަނދެވި ދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އެންމެ ރަނގަޅު ވާނީ އަލްޝާލީ މެރިން މޯލްޑިވްސް އާ ގުޅުމެވެ. ސަބަބަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށް މި ކުންފުނިވަރެއް ނެތުމެވެ.

އަލް ޝާލީން ވާހަކަ ދެއްކެވި، ޝަފީގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފައިނޭންޝަލް ސްކީމްތަކުގެ ތެރެ އިން ވެސް އަލް ޝާލީގެ އުޅަނދު ފަހަރު ބަނުމުގެ ފުރުސަތު އެބައޮތެވެ.

"ބޭންކްތަކާއި ލީޒިން [އެމްއެފްއެލްސީ] މެދުވެރިކޮށް ވެސް ލޯންޗް ބަނދެވޭނެ،" ޝަރީފު ވިދާޅުވި އެވެ.

މިއީވާ ލޯންޗެކެވެ. ކަނޑު މަގުން ހަލުވިކޮށް މީހުން އުފުލަން އަލްޝާލީ ކޯސްޓް ކްރާފްޓް 37 ވަރެއް ނެތޭ ބުނެވި ދާނެ އެވެ. މި ލޯންޗު ބަލައިލަން ވެސް އެހާ ނަ؛ަ އެވެ. އަދި ކަނޑަށް ގަދަވެފައި، ދުވެލި ވެސް ބާރީ މާބޮޑަށެވެ. އަތެއް ނުވާނެ އެވެ.