ފުރަތަމަ އަތުގެ ކުޑަވާ އިނގިލީގެ ނިޔަފައްޗަށް ބަލައިލާށެވެ. ތިޔަ ފެންނަ ނިޔަފަތީގެ ބޮޑުމިނަކީ ގާތްގަނޑަކަށް މި ބުނާ މައިކްރޯއެސްޑީ ކާޑުގެ ބޮޑުމިނެވެ. މިހާރު އެ ކުޑަކުޑަ ކާޑުގައި 200 ޖީބީ ގެ ސްޓޯރޭޖް ސްޕޭސް ހުރެއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވަނީ ސޭންޑިސްކަށެވެ.
ބައެއް މީހުންގެ ހަނދާން ނުހުރެދާނެއެވެ. އެންމެ ޖީބީއެއްގެ ޔުއެސްބީ ޕެން ޑްރައިވް އެއް އުފެއްދުމުންވެސް އެކަމާ ހައިރާންވި ޒަމާނެއް ފާއިތުވެ ހިނގައްޖެއެވެ. އެއިރު އަހަރުމެން ކުޑަކޮށް މޮޔައީކަމަށްވެސް ވެދާނެއެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި މާކެޓަށް ނެރުމަށް ތައްޔާރުވަމުންދާ މި ކާޑުގައިވެސް ބޭނުންކޮށްފައިވަނީ މިދިޔަ އަހަރު ސޭންޑިސްކުން އުފެއްދި 128 ޖީބީގެ މައިކްރޯ އެސްޑީއެކްސްސީ ކާޑް ގަައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ އެވެ. ނަމަވެސް، މި ކާޑު އުފެއްދުމުގައި ފަރުމާ ކުރުމަށް ގެނެސްފައިވާ ބަދަލެއްގެ ސަބަބުން އެ ކާޑުގެ ސްޓޯރޭޖް ކެޕޭސިޓީ ވަނީ 56 ޕަސެންޓް އިތުރު ކުރެވިފައެވެ. އޭގެ އިތުރުން، މި އާ ކާޑުގެ ޓްރަންސްފާ ސްޕީޑަށްވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެއީ ސިކުންތެއްގެ ތެރޭގައި 90 އެމްބީ ގެ ޑޭޓާއެވެ.
މި ކުޑަ ކާޑު ފުރަތަމަ ލިބެން ހުންނަ އަގު އެނގުމުން، މި ކާޑު ދިރުވާލަން އުނދަގޫ ނުވިނަމަވެސް، ހިންދިރުވާލަން އުނދަގޫ ވެދާނެއެވެ. އެއީ ފުރަތަމަ މާކެޓަށް ނެރޭ އިރު މި ކާޑުގެ އަގު ހުންނާނީ 400 އެމެރިކާ ޑޮލަރުގަ އެވެ.