ހަބަރު

ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Mar 13, 2015

އެމްޑީޕީން މިއަދު ކުރާ މުޒާހަރާއަށް އުސްފަސްގަނޑަށް މިހާރު ވަނީ މީހުން ޖަމާވާން ފަށާފައެވެ. މީހުން އެއްވެފައިވާއިރު ފުލުހުން ވަނީ އޭގެ ކުރިޔަށް  އުސްފަސްގަނޑު ހިމެނޭ ސަރަހައްދު ބަލައި ފާސްކޮށް މާލެތެރޭގައި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ. މިއަދު މުޒާހަރާ ކުރާއިރު މިރެއަށް ވަނީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމުގެ އަޑު އެހުންވެސް ވަނީ ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައެވެ.