ނިމިދިޔަ އަހަރަކީ ދުނިޔޭގެ ފުޓްބޯޅައިގެ ހިންގުމަށް ވޭތުވެދިޔަ 18 އަހަރުގެތެރޭގައި އައި އެންމެ ބޮޑު ބަދަލު ފެނުނު އަހަރެވެ. ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާގެ މައްޗަށް 2015 ވަނަ އަހަރު ކުރެވުވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު އިންތިހާބުވިތާ ދެތިން ދުވަސް ފަހުން އިސްތިއުފާ ދެއްވި އެވެ.
ފީފާ އަށް އިންތިހާބު ބައްވަން އިއުލާން ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހަށެވެ. ބްލެޓާ އިސްތިއުފާ ދެއްވުމާ ހަމަޔަށް ފިފާގެ އެންމެ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވީ އެފްރިކާ ބައްރުގެ ނައިބު ރައީސް އީސާ ހައްޔާޓޫ އެވެ.
އިންތިހާބުގައި އިންފެންޓީނޯ އާއި ވާދަ ކުރެއްވީ އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝައިހް ސަލްމާން އިބްރާހިމް ބިން ޚަލަފީ އާއި ފީފާގެ ކުރީގެ ނައިބު ރައީސް އުރުދުންގެ ޝާހީ އަމީރު އަލީ ބިން އަލް ހުސައިން (ޕްރިންސް އަލީ) އާއި ފީފާގެ ކުރީގެ އެގެޒެކެޓިވް ކޮމިޓީގެ މެންބަރު ފްރާންސްގެ ޖްރޯމް ޝަމްޕޭން އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔަބު ކުރެވޭ ވަރަށް ވޯޓުން ކުރި ނުލިބުމުން ދެ ވަނަ ބުރަށް ދިޔައީ އެންމެ ގިންއިން ވޯޓް ލިބުނު ދެ ކެނޑިޑޭޓުން ކަމަށްވާ އިންފެންޓިނޯ އާއި ޝައިހް ސަލްމާން އެވެ.
އިންފެންޓިނޯ އިންތިހާބު ކާމިޔާބު ކުރީ 115 ވޯޓް ހޯދައިގެންނެވެ. ސަލްމާން އަށް ލިބިވަޑައިގެންނެވީ 88 ވޯޓެވެ. އިންފެޓިނޯ އައިސް ފީފާގެ ހިންގުމަށް އިސްލާހީ ބަދަލުތަކެއް ގެންނާން ފެށިއެވެ. އޭނާ ފާހަގަ ކުރެވުނީ ފުޓްބޯޅަ އަށް މޮޑަރޭޓް ވިސްނުމުގައި ބަދަލު ގެންނަވާ ބޭފުޅަކަ ށެވެ.