ވިޔަފާރި

ލިވިން އެކްސްޕޯ 2017: މެއިން ސްޕޮންސާ އަކަށް ސީލައިފް ގްލޯބަލް

Dec 31, 2016
1

އަންނަ އަހަރު ބާއްވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2017" ގެ މެއިން ސްޕޮންސާއަކަށް ސީލައިފް ގްލޯބަލް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯގެ މެއިން ސްޕޮންސާ އަކަށް ސީލައިފް ގްލޯބަލް ހަމަޖައްސާފައިވާ ކަމަށެވެ. ސީލައިފް ގްލޯބަލްއަކީ ކޮންސްޓްރަކްޝަން ކުންފުންޏެވެ.

ސީލައިފް ގްލޯބަލް އިން ދަނީ ހުޅުމާލޭގައި 3،000 އެޕާޓްމަންޓުގެ ބިޔަ ހައުސިން މަޝްރޫއެއްގެ މަސަައްކަތް ވެސް ކުރި އަށް ގެންދަމުންނެވެ.

ހައިރައިޒް އިން ބުނީ މި އަހަރު ބޭއްވި ލިވިން އެކްސްޕޯ ވެސް ވަރަށް ކާމިޔާބު ކަމަށާއި، މިގޮތުން 27 އިންޓަނޭޝަނަލް ކޮންޑެމީނިއަމް މިދިޔަ އަހަރުވެސް ބައިވެރިވި ކަމަށެވެ.

"މި ފެއާއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ރައްޔިތުންގެ ތެރެއިން ކޮންޑެމީނިއަމް ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވޭ ރަނުގެ ފުރުސަތެއް. ހާއްސަ ދިވެހިންނަށް އިންސްޓޯލްމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ވާނީ ތައާރަފުކޮށްފަ،" ހައިރައިޒްއިން ބުނެފައިވެ އެވެ.

އަންނަ އަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯ ފެއާ އޮތީ ފެބްރުއަރީ މަހުގެ 16-18 އަށެވެ. މި ފެއާއަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވާ ފެއާ އެކެވެ.