ބަންގްލަދޭޝް

ބަންގްލަދޭޝްއަށް ސަފީރަކު އައްޔަން ކުރައްވައިފި

Dec 29, 2016

ބަންގްލަދޭޝްގައި ހުންނަވާ ދިވެހިސަފީރުކަމަށް، ގަލޮޅު ޕެންޒީމާގެ 1، ޢާއިޝަތު ޝާން ޝާކިރު އައްޔަނު ކުރައްވައިފިއެވެ. އައިޝަތު ޝާން ޝާކިރުއަށް އެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އައިޝަތު ޝާން ޝާކިރު، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް އިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.