އެމްޑީޕީ

އުއްމީދަކީ މި އަހަރު ބަދަލެއް ގެނައުން: އެމްޑީޕީ

އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި ހިތްވަރާއެކު މި އަހަރު ޑިމޮކްރެޓިކް މަސައްކަތްތަކެއްކޮށް ބަދަލެއް ރާއްޖެއަށް ގެނައުމަށް އުންމީދު ކުރާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުންފި އެވެ.

އާ އަހަރާ ގުޅުވައި އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭދުވެދިޔަ އަހަރަކީ ރާއްޖެއަށް ގެއްލުންތަކެއްވި އަހަރެއް ކަމަށެވެ. އެ ޕާޓީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންވި ކަމަށް ބުނެފަ އެވެ.

އެމްޑީޕީއިން ސިފަކުރި ގޮތުގައި މިދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހުޅުކޮޅު ވަރަށް ބޮޑަށް ހަނިވި އަހަރެކެވެ.