މީރާ

ބީޕީޓީ ނުދައްކާ ކުންފުންޏަކުން ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން އަންގައިފި

Jan 2, 2017

ސަމާ ސީޒަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ނުދައްކާ އޮތް ބީޕީޓީ އާއި ޖޫރިމަނާ އާއި އިންޓްރެސްޓަށްވާ ފައިސާ މީރާއަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސަމާ ސީޒަންގެ މައްޗަށް މި ހުކުމްކޮށްފައި ވަނީ މިދިއަ މަހުގެ 29 ގައެވެ. އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ 2,566,230 ރުފިޔާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް އިތުރަށް އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓް، ފައިސާ ހަތަރުމަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް މީރާއަށް ދައްކައި ޚަލާސްކުރުމަށް ހުކުމުގައި ބުނެފައި ވެއެވެ.