ވިޔަފާރި

އާ އަހަރު ފާހަގަކުރަން މާފުއްޓަށް 800 އަށްވުރެ ގިނަ ޓޫރިސްޓުން

Jan 4, 2017
1
  • މަހަކު މިލިއަނެއްހާ ޑޮލަރު މާފުއްޓަށް
  • ސާޅީސް ގެސްޓްހައުސްގައި 700 އެނދު
  • މި އަހަރު ދިޔަ މީހުންގެ އަދަދު އިތުރު

ނިންމާލި އާ އަހަރު ފާހަގަ ކުރުމާ ދިމާކޮށް ކ. މާފުއްޓަށް 800 އަށް ވުރެ ޓޫރިސްޓުން ދިޔަ ކަމަށް ގެސްޓްހައުސް މޯލްޑިވްސް އިން ބުނެފި އެވެ.

މާފުއްޓަކީ ދިވެހިންގެ ގިނަ ބަޔަކު ވެސް ޗުއްޓީއަށް ޒިޔާރަތް ކުރާ ރަށެވެ. އާ އަހަރު ފާހަގަ ކުރުމަށް މާފުށީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. މި ހަރަކާތްތައް ރާވާފައިވަނީ މާފުށީ ގެސްޓްހައުސްތަކުންނެވެ.

"ގިނަ މީހުން ދިޔައީ އާ އަހަރު ފާހަގަ ކުރަން. މާފުށީ ގެސްޓްހައުސްތަކާއި ގެތައް ވެސް އޮތީ ފުރިފައި،" އޮފިޝަލް ވިދާޅުވި އެވެ.

މާފުށީގައި 40 އަށްވުރެ ގިނަ ގެސްޓްހައުސްގައި 700 ވަރަކަށް އެނދު އެބަހުއްޓެވެ. މި އަހަރު މި އެނދުގެ އަދަދު 1200 އަށް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ގެސްޓްހައުސް ތަކުން މާފުށްޓަށް މަހަކު އެއް މިލިއަން ޑޮލަރު ލިބޭ ކަމަށްވެ އެވެ.