ޖުވެނައިލް ކޯޓް

ފާތިރުގެ މަރާ ގުޅިގެން ކުޑަކުއްޖާގެ މައްޗަށް ދައުވާކޮށްފި

Jan 3, 2017

މިދިއަ އަހަރުގެ ޖޫން މަހުގައި މ. ސަރުމާގޭ، ފާތިރު މުހައްމަދު އަލީ މަރާލި މައްސަލާގައި ކުޑަކުއްޖަކަށް ދައުވާކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ފާތިރު މަރުވި މައްސަލާގައި 15 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ފާތިރު މަރާލީ މަރާމާރީއެއްގައި ކ. ކާށިދޫ، ރަންފަރު އުމުރުން 14 އަހަރުގެ އަހްމަދު އިރުޝާން ހިލްމީ މަރާލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގާ ދިން ހަމަލާތަކެއްގަ އެވެ.