ހަބަރު

ލެބޯޓްރީގެ އާ ހިދުމަތްތަކެއް ދި ކްލިނިކުން ފަށައިފި

Jan 3, 2017

ލެބޯޓަރީގެ އާ ހިދުމަތްތަކަކާއި، ދަތުގެ ފަރުވާ އަދި އެހެން ހިދުމަތްތަކެއް ދޭން ދި ކްލިނިކުން ފަށައިފި އެވެ.

އެ ކްލިނިކުން ބުނީ ކްލިނިކްގެ މެނޭޖްމަންޓް ބަދަލުވެ އިތުރު އާ ހިދުމަތްތަކެއް ދޭން ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ލެބޯޓްރީގެ އާ ގިނަ ހިދުމަތްތަކެއް ހިމެނޭ ކަމަށެވެ. ލެބޯޓަރީގެ ހިދުމަތްތައް ދޭން ނިންމާފައިވަނީ މެޑްލެބް އާ ގުޅިގެނެވެ. މީގެ އިތުރުން ފިޒީޝިޔަނެއްގެ ހިދުމަތްވެސް ދޭން ފަށާފައިވެ އެވެ. އެ ފިޒީޝިނަކީ ސްރީލަންކާގައި 30 އަހަރުވަންދެން ބަލި މީހުންނަށް ފަރުވާކޮށްފައިވާ މީހެއް ކަމަށް ދި ކްލިނިކުން ބުންޏެވެ.

ދި ކްލިނިކަކީ މިހާރުވެސް ސްޕެޝަލިސްޓުން ބަލި މީހުންނަށް ފަރުވާދެމުން އަންނަ ކްލިނިކެކެވެ. ކުރިއަށް އޮތްތަނުގައި ޑާމަޓޮލޮޖީ، ޔޫރޮލޮޖީ އަދި ނިއުރޮލޮޖީގެ ސްޕެޝަލިސްޓުން އެ ކްލިނިކުގައި ބަލި މީހުންނަށް ފަރުވާދޭނެ ކަމަށް އެ ކްލިނިކުން ބުނެ އެވެ.

ދި ކްލިނިކުން ބުނީ އަވަސް މުސްތަގުބަލެއްގައި ކުންފުނީގެ އިމާރާތް މިހާރު ހިދުމަތްދެމުންދާ އިމާރާތަށްވުރެ ބޮޑު ތަނަކަށް ބަދަލުކުރާނެ ކަމަށެވެ.

ދި ކްލިނިކް އާންމުކޮށް ހުޅުވާ ބަލި މީހުންނަށް ފަރުވާދޭން ފަށާފައިވަނީ 1994 ވަނަ އަހަރު އެވެ.