ހަބަރު

ގޫގުލް ސައިންސް ފެއާގައި ބައިވެރިވާން ހުޅުވާލައިފި

Mar 15, 2015

ގޫގުލް އިން މުޅި ދުނިޔެ އަށް ހުޅުވާލައިގެން ބާއްވާ ސައިންސް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ސައިންސްގެ އެކި ދާއިރާތަކުން އުފެއްދުންތެރިކަން ދައްކާލުމަށް، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ފެއާއެކެވެ. އެގޮތުން މި އުމުރުފުރާގެ ކުއްޖަކަށް ނުވަތަ ގިނަވެގެން ތިން ކުދިންގެ ގްރޫޕެއްގެ ގޮތުގައި ވެސް މި ފެއާގައި ބައިވެރި ވެވޭނެ އެވެ.

އަންނަ މެެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، މި ފެއާގައި ބައިވެރިވާން ހުޅުވާލާފައި ވާއިރު އެންމެ މޮޅު 20 ފައިނަލިސްޓުން ޕްރޮޖެކްޓްތައް ދައްކާލުމަށް ބެލެނިވެރިންނާ އެކު ދާން ޖެހޭނީ ކެލިފޯނިއާގެ މައުންޓަން ވިއުގައި ހުންނަ ގޫގުލްގެ މައި މަރުކަޒަށެވެ.

ރާއްޖޭގައި ހިންގާ "ސައިންސް އެންމެންނަށް" ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަމެއް އެ ފަރާތުން ދޭނެ އެވެ.