ހަބަރު

ނަޝީދު ޝަރީއަތަށް ވަދެވަޑައިނުގަތުމުން ހައި ކޯޓުން މައްސަލަ ބާތިލްކޮށްފި

Mar 15, 2015
2

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތުގެ މަޖިލީހަށް ވެންނެވުމަށް ނަޝީދު އިންކާރު ކުރެއްވުމުން ކޯޓުން އެ މައްސަލަ ބާތިލްކޮށްފި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން ބުނަނީ މި ޝަރީއަތް ހުޅުވާލައިގެން ބޭއްވެން ޖެހޭނެ ކަމަށާއި މައްސަލަ ނިމި ހުކުމް ކޮށްފައި ވާއިރު މި މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ހިނގާފާނެތީ ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.

ނަޝީދު ހައްޔަރު ކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މިއަދު ތާވަލް ކުރީ އިސްތިއުނާފަށް މައްސަލަ ހުށަހެޅުމަށް ފަހު އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ނަޝީދުގެ ފަރާތުން ފައިސާ ދެއްކުން ލަސްވެ، މައްސަލަ ނުފެށިފައި އޮތުމަށް ފަހުގަ އެވެ.