އެސްޓީއޯ

އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން 30ލ. ބޮޑުކޮށްފި

Jan 6, 2017
  • އަގަށް ބަދަލު ގެނައީ ޕެޓްރޯލްގެ އެކަނި
  • ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކާނީ 9.35ރ. އަށް
  • ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ބޮޑުވުމުން

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލް ލީޓަރަކުން 30ލ. މިއަދުން ފެށިގެން ބޮޑު ކޮށްފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ޕެޓްރޯލް ލިޓަރަކުން 30ލ. ބޮޑު ކުރުމާއެކު، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 9.35ލ .އަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދިއުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޑީސަލްގެ އަގަށް ބަދަލު ގެނެސްފައިނުވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންގޮސްފައިވަނީ 9.05 ރުފިޔާ އަށެވެ. އަދި ޑީސެލް ލީޓަރެއް ވިއްކާ އަގަކީ 9.25 ރުފިޔާ އެވެ.

ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލްގެ އަގު އެސްޓީއޯ އިން ބޮޑު ކުރިއިރު، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 53.52 ޑޮލަރަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގައުމުތަކުން ވަނީ ތެޔޮ އުފައްދާ ވަރު މަދުކޮށްފަ އެވެ. މި ބަދަލާއެކު ދުނިޔޭގެ ބާޒާރަށް ދުވާލަކު ނެރޭ ތެލުގެ ތެރެއިން 32.5 މިލިއަން ފީފާ ވަނީ މަދުވެގެން ގޮސްފަ އެވެ. އަދި