މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލައިފި

Jan 6, 2017

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ޕްރިޒަން އޮފިސަރުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނަމަވެސް ވަޒީފާގެ ފުރުސަތު ހުޅުވާލާފައި ވަނީ ކިހާ ބަޔަކަށް ކަމެއް ހާމަކޮށްފައި ނުވެއެވެ.

މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެމްސީއެސްއަށް ޕްރިޒަން އޮފިސަރުން ހޯދަން ބޭނުންވާ ކަމަށާއި އެ މަގާމަށް ކުރިމަތިލެވޭނީ އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިނުވާ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުނަށް ކަމަށެވެ. އަދި އެ މަގާމަށް ހަމަޖެހިފައިވާ އެލަވަންސްތަކަކީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެއް ކަމަށެވެ.

ޕްރިޒަން އޮފިސަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ހިމެނެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރާއި ލިޔެކިޔުންތަކާއެކު މިމަހު 19 ވަނަ ދުވަހުގެ ކުރިން ހަށަހަޅަންޖެހެ އެވެ.