ހަބަރު

ފަސް ބުރި އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

Mar 15, 2015

ފަސް ބުރި އިމާރާތެއްގެ ފުރާޅުމަތިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ބިދޭސީ މީހާ ވެއްޓުނީ ހ. ޓައިމްލެސްގެ ފުރާޅުމަތިންނެވެ. ވެއްޓި އަނިޔާވެފައިވަނީ ބަނގްލަދޭޝްގެ މީހަކަށެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:00 ޖަހާ އެހަކަންހާއިރު ވެއްޓި އެމީހާއަށް އަނިޔާވެފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި އެމީހާ ވެއްޓިފައިވަނީ ޖެހިގެން ހުރި އެއްބުރީގެ އިމާރާތުގެ ފުރާޅުމައްޗަށް ކަމަށެވެ.