ހަބަރު

މާދަމާ ބާއްވަން ތާވަލްކުރި ނާޒިމާއި ޖަލީލުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި

Mar 15, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ދައުވާގެ މާދަމާ ބާއްވަން އޮތް އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އޭނާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވިއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގަ އެވެ.

އޭގެ ތެރެއިން ނާޒިމްގެ ޝަރިީއަތް މާދަމާ މެންދުރު 2:00 އަށް ތާވަލްކޮށް، ޖަލީލުގެ ޝަރީއަތް މާދަމާ ރޭ 8:00 އަށް ތާވަލްކޮށްފައި ވަނިކޮށް އެ ދެ ޝަރީއަތް ވެސް ކެންސަލްކުރީ އިދާރީ ބޭނުމަކާ ހެދި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.