ހަބަރު

ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ޝިޔަޅޭ ހައްޔަރުކޮށްފި

Mar 15, 2015
1

މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ހ. ހެދޭ ތުނޑި ޝިއާން ޝަފީގު(ޝިޔަޅޭ) ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް ކުރި ރޭ ޝިޔަޅޭ ހައްޔަރުކުރީ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރީ ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެއެވެ.

ޝިޔަޅޭގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން އުޅުނު ކަމަށް ބުނެ ދެ މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.