މަރު

މަރުވި ދެމަފިރިންގެ ހަށިގަނޑު މޯޗަރީއަށް

Jan 8, 2017
1

މ. ލައިޓް ސިގުނަލްގެ ފަސް ވަނަ ބުރީގެ ކޮޓަރިއެއްގައި ނިދާފައި ތިއްބާ އެކުގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންގެ މަރާ ގުޅިގެން ތަހުގީގެއް ކުރަމުންދާތީ އެ ދަމަފިރިންގެ ހަށިގަނޑު ގަލޮޅު ސަހަރާގެ މޯޗަރީއަށް ލައިފި އެވެ.

ތ. ވިލުފުއްޓަށް ނިސްބަތްވާ ގާސިމް ޝާހިދު 50، އާއި ރަޒީނާ އިބްރާހިމް 38، މަރުވެފައި އޮއްވާ ފެނުނީ ރޭ 10:00 ޖެހި އިރު ނިދަން ވަން ގޮތަށް ހަބަރެއް ނުވެގެން މިއަދު ހެނދުނު 11:00 ޖަހާއެކާންހާއިރު ކޮޓަރި ހުޅުވައިގެން ބެލުމުންނެވެ. ނަމަވެސް އޭގެ ކުރިން ފަތިސް ނަމާދަށް ހޭލާ އުޅުނު ކަމަށްވެއެވެ.

ދެމަފިރިން މަރުވި އިރު ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި ކިޔަވާ ދެކުދިންވެސް ހިމެނެ އެވެ. ޝާހިދަކީ ގިނަ އަހަރުތަކެއްވަންދެން ކުރުނބާގައި ރިސޯޓްގައި މަސައްކަތް ކުރަމުން އައި އަދި އެ ރިސޯޓްގެ ޗެއާމަން އެމްޔޫ މަނިކުގެ ލޯންޗް ޑްރައިވަރެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދެމަފިރިންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ގޮތުން ފުލުހުން ވަނީ އާއިލާގެ ބަހަކަށް އެދިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ފުލުހުން އެއްޗެއް ނުބުނެ އެވެ.