މަރު

ނޮޅިވަރަމްފަރުގައި މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

Jan 9, 2017

ހދ. ނޮޅިވަރަމްފަރުގައި އުމުރުން 70 އަހަރުގެ މީހަކު މޫދަށްވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ އެެވެ. މަރުވެފައި ވަނީ ގެއެއްގައި އެކަނި ދިރިއުޅެމުންއައި މީހެކެވެ. އޭނާ މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު މިއަދު ވިދާޅުވީ މޫސާ އިބްރާހިމް ނަމަކަށް ކިޔާ އެމީހާއަކީ އެކަނި ގެއެއްގައި އުޅޭ މީހެއް ކަމަށާއި މޫދަށް ވެއްޓި މަރުވެފައި އޮއްވާ ކުއްލި ގޮތަކަށް ފެނުނުމުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

"އޭނާ ގެއްލިގެން އުޅެނިކޮށެއް ނޫން މަރުވެފައި އޮއްވާފެނުނީއަކީ. އެހެން ނަމަވެސް އޭނާއަކީ ކޮންމެވެސް ވަރަކަށް ބަލި މީހެއް، ރޭގައި ނުކުމެގެން އުޅެނިކޮށް ވެއްޓުނީ ކަމަށް ބެލެވެނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ މަރުވި އިރު އޭނާގެ ކުދިން ރަށަކު ނެތެވެ. އަނބި މީހާވަނީ ކުރިން މަރުވެފަ އެވެ.