ވިޔަފާރި

ލިވިން އެކްސްޕޯ 2017: ކޯސްޕޮންސަރަކަށް ޓާޓާ ހައުސިން

Jan 11, 2017

އަންނަ މަހު އޮންނަ "މޯލްޑިވްސް ލިވިން އެކްސްޕޯ 2017" ގެ މެއިން ސްޕޮންސާއަކަށް އިންޑިޔާގެ ޓާޓާ ހައުސިން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ އިންތިޒާމު ކުރާ ހައިރައިޒް އިން ބުނީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯގެ ކޯސްޕޮންސާއަކަށް އިންޑިޔާގެ ޓާޓާ ހައުސިން ހަމަޖައްސާފައިވާ ކަމަށެވެ.

ޓާޓާ ހައުސިންއަކީ އިންޑިޔާގެ މަޝްހޫރު ރިއަލްއެސްޓޭޓް ކުންފުންޏެކެވެ. އަދި އެ ކުންފުނިން ދަނީ ރާއްޖޭގައިވެސް ހައުސިން މަޝްރޫއުއަށް ކުރިއަށް ގެންދަމުންނެވެ.

ހައިރައިޒް އިން ބުނީ މި އަހަރު ބޭއްވި ލިވިން އެކްސްޕޯ ވެސް ވަރަށް ކާމިޔާބު ކަމަށާއި، މިގޮތުން 27 އިންޓަނޭޝަނަލް ކޮންޑެމީނިއަމް މިދިޔަ އަހަރުވެސް ބައިވެރިވި ކަމަށެވެ.

"މި ފެއާއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ރައްޔިތުންގެ ތެރެއިން ކޮންޑެމީނިއަމް ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވޭ ރަނުގެ ފުރުސަތެއް. ހާއްސަ ދިވެހިންނަށް އިންސްޓޯލްމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ވާނީ ތައާރަފުކޮށްފަ،" ހައިރައިޒްއިން ބުނެފައިވެ އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އޮތީ ފެބްރުއަރީ މަހުގެ 16-18 އަށެވެ.