ބޭރު ކުޅިވަރު

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް!

Jan 10, 2017

ފީފާއިން މުޅިން އަލަށް ދޭ ފީފާ "ދަ ބެސްޓް އެވޯޑް" އެވޯޑްގައި ދުނިޔޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް އިނގިރޭސި ޕްރިމިއާ ލިގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗް އިޓަލީގެ ކްލައުޑިއޭ ރަނިއޭރީ ހޯދައިފި އެވެ.

ރަނިއޭރީ މި އެވޯޑް ހޯދީ ޕޯޗްގަލް އަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށް ދިން ފެނާންޑޯ ސަންޓޯސް އާއި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ޒައިނުއްދީން ޒިދާންއާ ވާދަ ކޮށްގެންނެވެ.

ރަނިއޭރީ ވަނީ އާދައިގެ ޓީމަކާއެކު ނިކުމެ ދުނިޔޭގެ އެންމެ ވާދަވެރި ލީގްގެ ޗެމްޕިއަންކަން ލެސްޓާ އަށް ހޯދައިދީ ދުނިޔެ ހައިރާން ކޮށްލާފަ އެވެ.

ލެސްޓާ ލީގު ހޯދީ 10 ޕޮއިންޓްގެ ލީޑާކާ އެކު އެވެ. އެ ޓީމު ވަނީ 81 ޕޮއިންޓް ހޯދާފަ އެވެ.