ބޭރު ކުޅިވަރު

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ އަށް

Jan 10, 2017

ފީފާއިން މުޅިން އަލަށް ދޭ ފީފާ "ދަ ބެސްޓް އެވޯޑްގެ" މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ރޮނާލްޑޯ މިއެވޯޑް ހޯދީ އޭނާއާ އެންމެ ވާދަވެރި ބާސެލޯނާގެ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޯނިއޯ ގްރީޒްމަންއާ ވާދަކޮށެވެ.

ރޮނާލްޑޯ ވަނީ މިދިޔަ އަހަރު ހަތަރު ރަން މެޑަލް ހޯދާފަ އެވެ. ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތުގެ އިތުރުން ޔޫއެފްއާ ސްޕަ ކަޕާއި ކުލަބު ވޯލްޑް ކަޕް މުބާރާތުގެ ރަން މެޑަލް ވެސް އޭނާ ވަނީ ހޯދާފަ އެވެ.

ފްރާންސް ފުޓްބޯޅައިން ދޭ ބެލަންޑޯ އެވޯޑް ވެސް މިފަހަރު ލިބުނީ އުމުރުން 31 އަހަރުގެ ރޮނާލްޑޯއަށެވެ.