ބޭރު ކުޅިވަރު

ވޯލްޑް ކަޕުން އޭޝިއާ އަށް އިތުރު ޖާގަ ތަކެއް!

Jan 10, 2017
1

ފީފާ ވޯލްޑް ކަޕުގައި ވާދަ ކުރާ ގައުމުތަކުގެ އަދަދު 48 ޓީމަށް އިތުރު ކުރުމުން އޭޝިއާ އަށް ލިބޭ ޖާގަތައް އިތުރު ވެއްޖެ އެވެ.

މިއަދު ފީފާގެ ކައުންސިލުން ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުގަ އެވެ.

މިހާރު އޭޝިއާގެ ޓީމުތަކަށް ލިބެނީ ހަތަރު ޖާގަ އެވެ. ބެލެވޭ ގޮތުގައި 48 ޓީމަށް އިތުރު ކުރުމުން އޭޝިއާ އަށް އަށް ޖާގަ ލިބޭނެ އެވެ. އެފްރިކާ އަށްވެސް އެ އަދަށް ލިބޭނެ އެވެ.

ވޯލްޑްކަޕްގެ ޖާގަތަށް އިތުރު ކުރުމަށް ފީފާގެ ކައުންސިލުން ނިންމި ނިންމުމާ ބެހޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފެޓިނޯ މިއަދު މީޑިއާ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އާ ބަދާލާ އެކު މިހާރު 13 ޖާގަ ލިބޭ ޔޫރަޕަށް އިތުރު ތިން ޖާގަ އިތުރު ވާނެ އެވެ. އޭރުން ޔޫރަޕުން 16 ޓީމު ވޯލްޑްކަޕްގައި ވާދަ ކުރާނެ އެވެ.

އާ ބަދާލާ އެކު މުބާރާތް ކުރިއަށް ގެންދާނީ 16 ގޫރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނޭނީ ތިން ޓީމެވެ. ދެ ވަނަ ބުރަށް ދާނީ 32 ޓީމެވެ.

އާ ބަދަލާ އެކު ވޯލްޑް ކަޕުން ފީފާ އަށް ލިބޭ ފައިދާ 521 މިލިއަނުން 5.29 ބިލިއަނަށް އަރާނެ އެވެ.