ބޭރު ކުޅިވަރު

ޔުނައިޓަޑުން ޝްނައިޑަލިން އެވަޓަން އަށް ވިއްކާލަނީ

Jan 11, 2017

މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑާ މޯގަން ޝްނައިޑަލިން އެވަޓަން އަށް ވިއްކާލުމަށް ޔުނައިޓަޑުން އެއްބަސް ވެއްޖެ އެވެ.

ސައުތު ހެމްޓަން އިން 2015 ވަނަ އަހަރު 25 މިލިއަން ޕައުންޑަށް ޔުނައިޓާޑާ ގުޅުނު ފްރާންސްގެ މިޑްފީލްޑާ، އެވަޓަން އަށް ވިއްކާލަނީ 22 މިލިއަން ޕައުންޑަށެވެ.

ޝްނައިޑަލިން، 27 ޔުނައިޓަޑަށް ކުޅެފައި ވަނީ 47 މެޗެވެ. ކުރީގެ ކޯޗް ލުއިސް ވެން ހާލް އެ ޓީމަށް ގެނައި ޝްނައިޑަލިން އަށް މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯގެ ދައުރުގައި ކުޅެން ލިބިފައި ވަނީ މަދު މެޗު ތަކެކެވެ. މިހާތަނަށް މޮރީނިއޯ އާއެކު އޭނާ ކުޅެފައިވަނީ އަށް މެޗެވެ.

ރޭ ކުޅުނު ލީގް ކަޕްގެ ސެމީ ފައިނަލް މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން، މޮރީނިއޯ ބުނީ ޝްނައިޑަލިން ޓީމު ދޫކޮށް ދާތީ ދެރަ ވެސް ވާ ކަމަށާއި އުފާ ވެސް ވާ ކަމަށެވެ.

"ވައިސް ޗެއާމަން އެޑް ވުޑް ވާޑްސް އަހަންނަށް އަންގައިފި މޯގަން (ސްނައިޑަލިން) ޓީމުގައި ހުރުމުގެ ފުރުސަތު މިހާރު ވަނީ ނިމި ފައޭ." މޮރީނިއޯ ބުންޏެވެ.


"މޯގަން ދާތީ އަހަރެން ދެރެ ވެސް ވޭ އުފާ ވެސް ވޭ، ދެރަ ވަނީ އޭނާ އަކީ އަހަރެމެން ޓީމުގެ މެދުތެރޭގައި ބޭނުން ކުރަން ހުރި އޮޕްޝަނަކަށް ވާތީ، އުފާވާ ސަބަބަކީ މިއީ އޭނާ ބޭނުންވާ ގޮތް ކަމަށް ވާތީ، އެއީ އޭނާ ބެނުންވޭ ކޮންމެ މެޗެއްގައިވެސް ކުޅެ ޓީމަށް މުހިންމު ކުޅުންތެރިއަކަށް ވާން.