މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ އަހަރު 57 ކިލޯގެ މަސްތުވާތަކެތި އަތުލިން: ކަސްޓަމްސް

މިިދިޔަ އަހަރު މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހިންގި ތަފާތު އޮޕަރޭޝަން ތަކުގައި 57 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައިވާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އިސްމާއީލް ހަމްދޫން ވިދާޅުވީ މިދިއަ އަހަރު އަތުލައިގަތް މަސްތުވާތަކެއްޗަކީ ވޯލްޑް ކަސްޓަމްސް އެސޯސިއޭޝަނާއި އެހެނިހެން ރީޖަނަލް ކަސްޓަމްސް އޮފީސްތަކާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަންސްތަކުގައި އަތުލައިގެންފައިވާ ތަކެތި ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގެންފައިވާ މަސްތުވާތަކެއްޗަކީ 25 އޮަޕަރޭޝަނެއްގައި އަތުލައިގެންފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނޭ މިިދިޔަ އަހަރުގެ ހާއްސަ އޮޕަރޭޝަންތަކަކީ އިންޓަނޭޝަނަލް ހަތަރު އޮޕަރޭޝަނަކާއި ރާއްޖެ ތެރޭގެ ރީޖަނަލް އޮފީސްތަކާއެކު ކުރިޔަށް ގެންދިޔަ ފަސް އޮޕަރޭޝަނެކެވެ. ކަސްޓަމްސް އިން ހިންގާ އިންޓަނޭޝަނަލް އޮޕަރޭޝަންސްތަކުގައި 30 ގައުމަށްވުރެ ގިނަ ގައުމުތައް ބައިވެރިވެފައިވެ އެވެ.

ކަސްޓަމްސް އިން އިއްޔެ ވަނީ ރާއްޖެ އެތެރެކުރުން މަނާ މަސްމަރާ 21 ބަޑި އާއި އެހެން ބައެއް އާލާތްތައް ވެސް އޮޕަރޭޝަނެއްގައި އަތުލައިގެންފަ އެވެ.