chattelegramwhatsappviber google-plus twitter facebook

މޯލްޑިވްސް ޕޮލިސް ސާވިސް

ފީލްޑު ފުލުހުންނަށް އިސްކަންދީ، އެލަވަންސް ބޮޑުކޮށްފި

 • ފަންނީ ބައެއް ދާއިރާތަކުންވެސް ބޮޑުކުރި
 • ފުލުހަށް މީހުން ހޯދުމުގައި ދަތިތަކާ ދިމާވޭ
 • އަތޮޅުތަކުގައި އުޅޭ ފުލުހުންގެ އެލަންވަސް ބޮޑުކުރި
މުޒާހަރާއެއް ކުރަނިކޮށް ފުލުހުން އަމަން ބަލަހައްޓަނީ - ފޮޓޯ: އަހުމަދު ޝުރާއު \ އަވަސް

ފުލުހުންގެ މުއައްސަސާ އިތުރަށް ފުރިހަމަ ކުރަން ފުލުހުންގެ ބައެއް އެލަވެންސްތައް އިތުރު ކޮށްފި އެވެ. އެލަވެންސްތައް އިތުރު ކުރަނީ ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އިސްކަންދީގެނެވެ.

މި ބަދަލު ގެނާއިރު މިދިޔަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ފުލުހުންގެ ވެލްފެއާ ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސްގެ އެ އިސްނެންގުވުމާއެކު ފުލުހުންގެ ވެލްފެއާ ރަނގަޅު ކުރަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވަނީ މަސައްކަތްތަކެއް ފައްޓާވާފަ އެވެ. ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެލަވެންސަށް ބަދަލުތަކެއް ގެނެސްފައިވަނީ އެ މަސައްކަތުގެ ތެރެއިންނެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މިއަދު ވިދާޅުވީ، ފުލުހުންގެ އެލަވަންސަށް ގެނައި ބަދަލުގައި އެންމެ ބޮޑަށް ބަދަލުވެފައިވަނީ ފީލްޑަށް ނުވަތަ މަގުމައްޗަށް ނުކުމެ މަސައްކަތްކުރާ ފުލުހުންނަށް ކަމަށެވެ. އެގޮތުން ބައެއް އެލަވެންސްތައް ހަމަޖެއްސުމުގައި އޮފީހުގައި ތިބެގެން މަސައްކަތްކުރާ ފުލުހުންނަށްވުރެ ބޭރަށް ނުކުންނަ ފުލުހުންނަށް އިސްކަންދީފައިވާނެ ކަމަށެވެ.

މަންނާނު ވިދާޅުވީ، އެލަވެންސް އިތުރުކޮށްފައިވަނީ އެ ފުލުހެއްގެ މަސްއޫލިއްޔަތަށް ބަލައިގެން ކަމަށާއި އެހެންކަމުން އޮފީސް ތެރޭ މަސައްކަތް ކުރާ ސީނިއާ ފުލުހެއްގެ އެލަވެންސްއަށްވުރެ ފީލްޑްގައި މަސައްކަތް ކުރާ ޖޫނިއާ ފުލުހެއްގެ އެލަވެންސް އިތުރުވާނެ ކަމަށެވެ.

"ފްރޮންޓް ލައިންގައި އުޅޭ ފުލުހުންނަށް ދޭ އެލަވެންސް ވަނީ ބޮޑުކުރެވިފަ، އޭގެ އިތުރަށް ޓެކްނިކަލް ބައެއް ދާއިރާތަކާއި ތަހުގީގު ކުރާ ފުލުހުންނަށް ދޭ އެލަވެންސް ވެސް ކުރިއަށްވުރެ ވާނީ އިތުރުކޮށްފަ،" މަންނާނު ވިދާޅުވި އެވެ. "ބޮޑަށް ބަލާފައި ހުންނަނީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ޖޫނިއާ ފުލުހުންގެ އެލަވެންސް ބޮޑު ކުރަން،"

އޭނާ ވިދާޅުވީ އެންމެ ބޮޑު މަގުސަދަކީ ޔުނިފޯމް އަޅާ ގިނަ ފުލުހުން އޮޕަރޭޝަންތަކުގައި ފީލްޑަށް ނުކުތުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ވިދާޅުވީ ފަސޭހަ މަސައްކަތަކާއި ފީލްޑަށް ނުކުމެ ކުރާ މަސައްކަތަށް ވެސް އެއްވަރަށް މުސާރަ ލިބޭނަމަ އިހުތިޔާރު ކުރާނީ ފަސޭހަ މަސައްކަތް ކަމަށްވުމުން އެލަވެންސް އިތުރު ކުރުމުން މަގު މައްޗަށް ނުކުމެ މަސައްކަތް ކުރުމަށް ފުލުހުންނަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ފުލުހުންގެ މުސާރަ އެންމެ ފަހުން ރިވިއު ކޮށްފައިވަނީ 2009 އަހަރު އެވެ. އޭގެ ފަހުން ފުލުހުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާއިރު ފުލުހުން ފަދައިން މަސައްކަތްކުރާ އެހެން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު ފުލުހުންގެ މުސާރަ ކުޑަ އެވެ. މަންނާނު ވިދާޅުވީ، ފުލުހުންގެ މުސާރަ ރިވިއު ކުރަން ޖެހުނީ ވެސް އެހެންވެގެން ކަމަށެވެ.

"ފުލުހުންނަށް ވެސް ޖެހެނީ އޯޕަން މާކެޓަށް ނިކުމެ މުވައްޒަފުން ހޯދަން ވާދަ ކުރަން. ފުލުހުންގެ މުސާރަ ކުޑަވުމަކީ ރަނގަޅު މުވައްޒަފުން ހޯދަން ފުލުހުންނަށް ވެސް އުދަނގޫ ކަމެއް، ޕޮލިސް އާއި އެ ނޫނަސް އެފަދަ އެހެން ތަނެއްގެ މުސާރަތައް އެއްވަރުވާނަމަ އިހުތިޔާރު ކުރާނީ ފުލުހުންގެ މަސައްކަތަށްވުރެ މަސްއޫލިއްޔަތާއި ރިސްކު ކުޑަ މަސައްކަތެއް،" މަންނާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަކީ އާއިލާއާ ދުރުގައި އެތައް ދުވަހެއް ވަންދެން ރަށުން ބޭރުގައި ވެސް މަސައްކަތް ކުރަން ޖެހޭ ބަޔަކަށްވާއިރު އެފަދަ ފުލުހުން ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއް ލިބުމަކީ ބަލަން ޖެހޭނެ ކަމެއް ކަމަށެވެ.

ފުލުހުންގެ އެލްވަންސްތަކަށް ބަދަލެއް ގެނައިރު ގައުމީ ދިފާއީ ބާރުގެ ސިފައިންގެ އެލަވަންސްތަކަށް އެފަދަ ބަދަލެއް ގެނައި ކަމެއް ސާފެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ޢަލީ

  ގައުމީ ދިފާއީ ބާރުގައި ތިއްބެވީ ފުދިގެން ތިއްބެވި ބޭކަލުން. އެބޭކަލުންގެ އެލަވަންސް އިތުރު ނުކުރެއްވިޔަސް ޝަކުވާއެއް ނުކުރާނެ. ލޮލް

  3
  CLOSE
 • ުުުޔޫ އެން

  ފުލުހުން މަގުމައްޗައް ނުކުންނަން ޖެހެނީ އާމުން މަގުމައްޗައް ނުކުންނާތީ ދޯ!! އެހެންވީމާ މަގުމައްޗައް ނުކުންނަ އާމުންނައް އެލެވެންސް އެއް ދޭން ފެނޭ..

  2
  8
  CLOSE
 • ައަގުމަދު އަލީ

  މަންނާނު އަކީ ފުލުސ އޮފީސް ހަލާކް ކުރާ ޓީމް ގެ ތެރެއިން އެކަކު. މިކަން އެގޭނެ ފުލުންނައް ދޫކުރި ފްލެޓް ތައް ދީފަ ހުރިގޮތުންވެސް. މީޑިއާގަ ވާހަކަ ދައްކާނީ ކަން ކުރަން ޖެހޭގޮތައް ކަން ކުރާނީ އެޔާ އިދިކޮޅައް. މިައަދު މަގާމް ނުފޫޒް ބޭނުން ކޮށްގެން އުޅެވިދާނެ ތިމާގާމް ގެއްލޭފަހުނ ކޮންމެވެސް ދުވަހެއްގަ ތީގެ ހިތި ފެންނާނެ. ޤާނޫނު ތައް ހުން ނަނީ ކަމެއްގަ. އަބަދޔގަ އެއްވެރިކަމެއް ނޯންނާނެ އެދުވަހަކުން................... ބަލަން ތިބޭތި. ކޮރޮޕްޓް ވެފަ ސިޔާސީނުފޫޒް ވަދެފަ އޮތްތަނެއް ފުލުސް އޮފީހަކީ ޟިގެ ކުރިނ ނުވަންނަ ވަރަށް. މި ކޮމެންޓް ޖައްސަވަެި ދެއްވުން އެދެން.........................

  2
  3
  CLOSE
 • ޢަލިބެ

  ޥަރަށް ހެޔޮ ބަދަލެއް. ޢެކަމް އަދި އެބައިން ވެލްފެއަރ ކަންތައް ރަގަޅު ކުރިއިރު ހިންގުމުގެ އެލަވަންސް( ޔުނިޓްތަކުގެ ހެޑުންގެ ) އެލަވަންސްއެއް ވެސް ހަމަ ޖައްސަން. ޢެޑިއުކޭސަން ގައިވެސް ދޭ

  12
  11
  CLOSE

ފަހުގެ ޚަބަރު