ހަބަރު

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބު ފަސް ކޮށްފި އެވެ. އެ އިންތިހާބު މިހާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު މިރޭ ވިދާޅުވީ ކުރިން އެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު ފަސް ވަނަ ދުވަހު ކަމަށާއި ނަމަވެސް އެ ދުވަހަކީ ރަސްމީ ދުވަހަކަށް ވާތީ ގިނަ ބަޔަކަށް ވޯޓުގައި ބައިވެރިވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެން ކަމުން އިއްޔެ ބޭއްވި އެ ޕާޓީގެ އިންތިހާބު ކޮމެޓީގެ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ ކަމަށެވެ.

ޕާޓީގެ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މަގާމަށް މީހަކު އައްޔަނު ކުރަންޖެހެ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިިގަންނަވާ ހަސަން ލަތީފު އެކަންޏެވެ.