ވިޔަފާރި

ދިވެހި ގިނަ ކުންފުނިތަކުން ބޮސްޓަން ސީފުޑް އެކްސްޕޯގައި ބައިވެރިވެއްޖެ

Mar 16, 2015

ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޮޑެތި ގިނަކުންފުނިތައް ބައިވެރިވާ، ބޮސްޓަން ސީފުޑް އެކްސްޕޯ އެމެރިކާގައި ފަށައިފި އެވެ.

މަސްވެރިކަމުގެ ދާއިރާއަށް ހުޅުވާލައިގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ.

މާދަމާގެ ނިޔަލަށް އެމެރިކާގެ ބޮސްޓަން ސިޓީގައި ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވަނީ ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި ކުންފުނިތައް ގުޅިގެންނެވެ. މި އަހަރުގެ ފެއާގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އާއި އަމިއްލަ ބޮޑެތި ކުންފުނިތައް ކަމަށްވާ އެންސިސް ފިޝަރީޒާއި ހޮރައިޒަން ފިޝަރީޒު ފަދަ ކުންފުނިތަކުން ވެސް ބައިވެރިވެފައިވެ އެވެ.

ސީފުޑް އެކްސްޕޯގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެ އެވެ. މިދިޔަ އަހަރުގެ ސީފުޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވި ކުންފުނިތަކުން ބުނެފައިވާ ގޮތުގައި ފެއާގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް ބޮޑު ބާރެއް ލިބިގެން ދިޔަ އެވެ.