އެސްޓީއޯ

އެސްޓީއޯގެ ޖޫސް ފިއެސްޓަށް ދާތި!

Jan 15, 2017
2

އެސްޓީއޯ ސުޕަމާޓްއިން އިން ޖޫސް ފިއެސްޓް ނަމުގައި ފުރުޓް ޖޫހަށް ހާއްސަ ޕޮރޮޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 28 އަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެކި ބްރޭންޑްތަކުގެ ޖޫސް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދު ޑިސްކައުންޓެއް ދެއެވެ. އަދި ޖޫސްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ހިލޭ ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ ސްކޫލްތަކުގެ ކިޔެވުން ފެށި ދުވަސްކޮޅާ ދިމާކޮށް މިފަދަ ޕްރޮމޯޝަނެއް ފެށީ ދަރިވަރުންގެ އިންޓަވަލްއަށް ބޭނުން ކުރެވޭނެ ޖޫހަކީ ކޮން ބްރޭންޑެއްކަން ދެނެގަތުމަށް ބެލެނިވެރިންނަށް ފުރުސަތު ހޯދައިދޭން ކަމަށެވެ.

ޕްރައިވެޓް ހަ ކުންފުންޏަކާއި އެސްޓީއޯ އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެސްޓޯއީއާއެކު ޔޫރޯ ސްޓޯރާއި ލިލީ އެފްއެންޑްބީ، ބިޒްފޯ މޯލްޑިވްސް، ހެޕީ މާކެޓް، އެމްޔޫ ސްޓޯ އަދި ދަ ބެރީ ކޮމްޕެނީ މޯލްޑިވްސް ހިމެނެއެވެ.

މި ޕޮރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ ޖޫސް ބްރޭންޑްތަކުގެ ތެރޭގައި އެމްޔޫ ސްޓޯރުގެ ލެކްނޯ، ދަބެރީ ކޮމްޕެނީ މޯލްޑިވްސްގެ ޖޫސްބްރޭންޑް، ލިލީ އިންޓަރނޭޝަނަލްގެ ސެރެސް، ބިޒްފޯ މޯލްޑިވްސްގެ ގެ ހޮލިންގަރ، ހެޕީމާރކެޓް ގެ ހެޕީޑޭ، ޔޫރޯސްޓޯރުގެ ގްރެނިނީ އަދި އެސްޓީއޯ ސުޕަމާޓްގެ ބްރޭންޑްތައް ކަމަށްވާ އަލްސަބާ އަދި ރޯޑްސް، ފަދަ ބްރޭންޑްތައް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ، މިއަހަރުގެ ތެރޭގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗަށް ހާއްސަކުރެވިގެން ކޮންމެ މަހަކުވެސް އެސްޓީއޯ ސުޕަމާޓްގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށެވެ.