އެމްއެމްއޭ

އެއް ބިލިއަން ރުފިޔާގެ ޓީ - ބިލް ވިއްކަނީ

Jan 15, 2017
1

ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެއް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން މި ފަހަރު ވިއްކަން ހުޅުވާލާފައިވާ އެއް ބިލިއަން ރުފިޔާގެ ޓީ ބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ހުރި 316.4 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިތުރުން 91 ދުވަހުން ދައްކާ ގޮތަށް ވިއްކާ 210.9 މިލިއަން ރުފިޔާގެ ޓީ ބިލެވެ.

މީގެ އިތުރުން ހިމެނެނީ 180 ދުވަހަށް ވިއްކާ 316.5 މިލިއަން ރުފިޔާގެ ޓީ ބިލާއި 364 ދުވަހަށް ވިއްކާ 210.9 މިލިއަން ރުފިޔާގެ ޓީބީލެވެ. މި ޓީބިލްތަކުގެ އިންޓަރެސްޓް ރޭޓް އެވްރެޖުކޮށް އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ ޓީބިލްގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ.

އެމްއެމްއޭއިން ބުނީ ސަރުކާރުން މިހާތަނަށް 23 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައިވާ ކަމަށެވެ.