ބޮލީވުޑް

ފިލްމް ފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުންނަށް އާމިރް އާއި އާލިއާ

Jan 16, 2017

ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ޖިއޯ "ފިލްމު ފެއާ އެވޯޑްސް" ގެ 62 ވަނަ އެވޯޑް ހަފްލާ އިއްޔެރޭ އިންޑިއާގެ މުމްބާއީގައި ވަނީ ބާއްވާފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ހިތްގައިމު ހުށަހެޅުންތަކުން ފަޅުވިލުވައިދިން މި އެވޯޑް ޝޯގެ ރެޑްކާޕެޓުން ފިލްމީ ދާއިރާގެ ގިނަ ފަރާތްތަށް ވަނީ ފެނިގެން ގޮސްފަ އެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ސުޕަސްޓާ ޝާހްރުކް ޚާން ހުށަހަޅައިދިން މި އެވޯޑް ހަފްލާގެ ނޮމިނޭޝަންސްތައް އިންސާފުވެރި ނޫންކަމަށް ފާޑުކިޔަމުން ދަނިކޮށް، އެންމެ މޮޅު ބަތަލާ އާއި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ ސުޕަސްޓާ އާމިރް ޚާން އަށާއި ޒުވާން ބަތަލާ އާލިއާ ބަޓް އަށެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑާއި ފިލްމު ފެއާގެ އެންމެ ރަންވަނަތައް ލިބުނީ އާމިރުގެ "ޑަންގާލް" އަށެވެ. ޑަންގާލް ޑައިރެކްޓްކޮށްގެން އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނީ ނިތޭޝް ތިވާރީ އަށެވެ.

ނަމަވެސް އެންމެ ގިނަ އެވޯޑް ލިބުނީ، "ނީރްޖާ" އާއި "ކަޕޫރް އެންޑް ސަންސް" އަށެވެ. އެ ދެފިލްމުގެ ތެރެއިން ކޮންމެ ފިލްމަކަށް ވަނީ ފަސް އެވޯޑް ލިބިފަ އެވެ.

އާމިރް ޚާން ދެ އަހަރުގެ ބްރޭކަކަށްފަހު ކުޅުނު "ޑަންގާލް" އިން އޭނާ އަށް އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބުނު އިރު، އޭނާ އާއެކު އެ އެވޯޑަށް ވާދަކުރީ، "ޕިންކް" އިން އަމީތާބް ބައްޗަން އާއި "އޭ ދިލްހޭ މުޝްކިލް" އިން ރަންބީރު ކަޕޫރާއި "ސުލްތާން" އިން ސަލްމާން ޚާން އަދި "ފޭން" އިން ޝާހްރުކް ޚާން އަދި "އުޅްތާ ޕަންޖާބް" އިން ޝާހިދު ކަޕޫރުގެ އިތުރުން "އެމް.އެސް ދޯނީ" އިން ސުޝާންތް ސިންގް ރާޖްޕުތް އެވެ.

އަދި "އުޅްތާ ޕަންޖާބު" ގައި ތަފާތު މޮޅު އެކްޓިން އެއް ދައްކައިގެން އެންމެ މޮޅު ބަތަލާގެ އެވޯޑް އާލިއާ ގެންގޮސްފައިވާއިރު، އޭނާ އާއެކު އެ އެވޯޑަށް ވަނީ

އެންމެ މޮޅު ސަޕޯޓިން ބަތަލާއި ބަތަލާ އަކަށް ހޮވިފައިވަނީ "ކަޕޫރް އެންޑް ސަންސް" އިން ރިޝީ ކަޕޫރާއި "ނީރްޖާ" އިން ޝަބާނާ އާޒްމީ އެވެ.

މި އެވޯޑްތަކަށްފަހު ކްރިޓިކްސްއިން ހޮވި އެންމެ މޮޅު ބަތަލާގެ އެވޯޑް "ނީރްޖާ" ކުޅެގެން ސޯނަމް ކަޕޫރަށް ލިބިފައިވާއިރު، އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިފައިވަނީ "އުޅްތާ ޕަންޖާބު" ކުޅެގެން ޝާހިދު ކަޕޫރަށާއި "އަލިގާޅް" އިން މަނޯޖް ބަޖްޕާއީ އަށެވެ. މީގެއިތުރުން ވެސް "ނީރްޖާ" އަށް ވަނީ ކްރިޓިކްސް އިން ހޮވި މޮޅު ފިލްމުގެ އެވޯޑު ވެސް ލިބިފަ އެވެ.

ބޮލީވުޑަށް ވޭތުވެދިޔަ އަހަރު އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލަކަށް ހޮވުނީ "އުޅްތާ ޕަންޖާބު" އިން ބޮލީވުޑަށް ތައާރަފުވި ދިލްޖިތް ދޮސަންޖް އެވެ. އަދި އެންމެ މޮޅު ބަތަލާ އަކަށް ހޮވުނީ "ސާލާ ކަޑޫސް" އިން ބޮލީވުޑަށް ތައާރަފުވި ރިތިކާ ސިންގް އެވެ. އެންމެ މޮޅު އަލަށް ތައާރަފުވި ޑައިރެކްޓަރަކަށް ހޮވުނީ "ނިލް ބައްޓޭ ސަންނާޓާ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރެވެ.

މި އެވޯޑްތަކުގެ އިތުރުން ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އަށް ވަނީ ހަތަރު އެވޯޑް ލިބިގެން ގޮސްފަ އެވެ. އެއީ އެންމެ މޮޅު މިއުޒިކް އަލްބަމް އަކަށް "އޭ ދިލް ހޭ މުޝްކިލް" އާއި އެންމެ މޮޅު ލިރިކްސް އަކަށް އަމީތާބް ބަޓަޗާރިޔާ ތައްޔާރުކޮށްދިން 'ޗަންނާ މޭރެޔާ' އާއި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު 'އޭ ދިލްހޭ މުޝްކިލް' ކިޔައިދިން އަރިޖީތު ސިންގަށާއި އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ އެވޯޑް ޕްރީތަމް އަށެވެ

އެންމެ މޮޅު އަންހެން ލިވަކިޔުންތެރިޔާގެ އެވޯޑް ލިބުނީ "ސުލްތާން" ގެ "ޖަގް ގޫމެޔާ" ކިޔައިދިން ނޭހާ ބަސީން އަށެވެ.

ފިލްމީ ދާއިރާ އަށް ގިނަ ދުވަހު އަގުހުރި ހިދުމަތްކޮށްދޭ ފަރާތްތަކުގެ ތެރެއިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބިގެން ގޮސްފައިވަނީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތްރުގަން ސިންހާ އަށެވެ.