ރަސްދޫ

ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

Jan 16, 2017

ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައި ޓޫރިސްޓަކު އއ. ރަސްދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ އެވެ. ސަފާރީ އުޅަނދެއްގައި ޗުއްޓީ ހޭދަ ކުރަމުން އައި ކެނެޑާގެ އެ މީހާ ޑައިވިނަށް ދިޔައީ މިއަދު ހަވީރު އެވެ.

ފުލުހުން ބުނީ އެ މީހާ ފެނިގެން ރަސްދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި މަރުގެ އެ ހާދިސާ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިއީ މިއަހަރު ރާއްޖޭގައި ޓޫރިސްޓަކު މަރުވި މިފަދަ ފުރަތަމަ ހާދިސާއެވެ. ކޮންމެ އަހަރަކުވެސް ފަހަކަށް އައިސް ރާއްޖޭގައި ގެނބިގެން ކޮންމެވެސް ވަރަކަށް ޓޫރިސްޓުން މަރުވެ އެވެ. ގިނައިން މަރުވަނީ ޗައިނާގެ ޓޫރިސްޓުންނެވެ.