ކުޅިވަރު

ރަން ބޫޓާއެކު މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ސެންޓޭއަށް

Jan 16, 2017
1

"މޯލްޑިވްސް ފުޓްބޯލް އެވޯޑް"ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޓީސީގެ އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ. މި އަހަރުގެ ރަން ބޫޓް ވެސް ހާސިލުކުރީ ސެންޓޭ އެވެ.

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާ ގުޅިގެން އެފްއޭއެމްއިން ދޭ މި އެވޯޑްގައި މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ސެންޓޭއާ ވާދަކޮށްފައިވަނީ، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދާއި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ސެންޓޭއަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަވާލު ކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ޓީސިގައި މިދިޔަ ސީޒަން ހޭދަ ކުރި ސެންޓޭ ވަނީ 34 ލަނޑު ކާމިޔަބު ކޮށްފަ އެވެ. ސީޒަންގެ ތިން މުބާރާތުގައި ރަނަރަފު މެޑަލް އޭނާ އެޅި އެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ސެންޓޭ އެވެ.

އެވޯޑް ހަފުލާގައި އެންމެ މޮޅު ކޯޗުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.