ކުޅިވަރު

މެސީގެ ތައުރީފު ރޮނާލްޑޯ އާއި ރޫނީއަށް

Jan 18, 2017
1

އާޖެންޓީނާ އާއި ބާސެލޯނަގެ ތަރި ލިއޮނަލް މެސީ އޭނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށާއި މެންޗެސްޓާ ޔުނައިޓަޑް އިންގްލެންޑްގެ ކެޕްޓަން ވޭން ރޫނީއަށް ތައުރީފް ކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއުގައި މެސީ ބުނެފައިވަނީ ރޮނާލްޑޯ އަށް އަބަދުވެސް އިހްތިރާމް ކުރާ ކަމަށެވެ.

"ރޮނާލްޑޯ އަށް އަހަރެން އަބަދުވެސް އިހްތިރާމު ކުރަން، އަހަރެން ދެކެނީ އޭނާއަކީ ގިނަ ކާމިޔާބުތައް ހޯދާފައިވާ މޮޅު ކުޅުންތެރިޔެއް ގެ ގޮތަށް،" މެސީ ބުންޏެވެ.

ރޮނާލްޑޯ އާ ވަދަކުރަން ޖެހުމަކީ އޭނަގެ މޯޓިވޭޝަނަކަށް ވާނެތޯ ސުވާލު ކުރުމުން މެސީ ބުނީ އޭނާގެ މޯޓީވޭޝަނަކީ ބާސެލޯނާ އާއި އާޖެންޓީނާ އަށް ކާމިޔާބު ހޯދައި ދޭން ބޭނުން ވުން ކަމަށެވެ. އޭނާ ބުނީ ޔޫރަޕްގެ މުބާރާތް ތަކުގައި އިނގިރޭސި ވިލާތުގެ ކުޅުންތެރިނާ ދެކޮޅަށް ކުޅެން ޖެހޭއިރު، އޭގެ ތެރެއިން އެންމެ ހާއްސަ ކުޅުންތެރިޔަކީ ރޫނީ ކަމަށެވެ.

"އަހަރެން އަބަދުވެސް ރޫނީ އަށް ވަރަށް ބޮޑަށް އިހްތިރާމު ކުރަން. އޭނާ ދަނީ ގިނަ އަހަރު ތަކެއް ވަންދެން އެންމެ މަތީ ފުޓްބޯޅައިގައި ކުޅެމުން އެއީ މި ޖީލިގައި ހާއްސަ ކުޅުންތެރިޔެއް."

އިންގިރޭސި ވިލާތުގައި، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑީއޯލާ އަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް މެސީގެ އިންޓަވިއުގައި ބުނެފައި ވެއެވެ.