ހިންނަވަރު

މީހެއްގެ ގަހަނާތައް ވަގަށް ނަގައި ބިދޭސީއަކަށް ވިއްކާލައިފި

Jan 18, 2017

ޅ. ހިންނަވަރު ގެއަކުން ރަނުގެ ގަހަނާތަކެއް ވަގަށް ނަގައި އެހެން މީހަކަށް ވިއްކާލާފައި ވަނިކޮށް ހޯދައި އެ ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ އެ މައްސަލަ މިދިއަ އާދީއްތަ ދުވަހު ރިޕޯޓް ކުރުމުން ކަމަށާއި އޭނާ ވަގަށް ނަގާފައިވާ ގަހަނާތައް ހޯދާފައިވަނީ އެ ތަކެތި ބިދޭސީއަކަށް ވިއްކާލާފައިވަނިކޮށް ކަމަށެވެ. އެ މީހާ ވަގަށް ނަގާފައިވަނީ ދެ ރަން ފަށާއި ތިން ރަން އަނގޮޓިއެވެ. އެ ތަކެތި މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

ވައްކަން ކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސްޖަހައި ދިނުމުން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.