ހަބަރު

ރިޔާސަތަށް ހުރަސް އަޅާ މެންބަރުންގެ ކޮމެޓީ އެލަވަންސް ކަނޑަނީ

Mar 17, 2015
2

މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތަށް ހުރަސް ހުރަސް އަޅައި އިދާރީ މޭޒު ކައިރީ އިހްތިޖާޖުކުރާ މެންބަރުންގެ ކޮމިޓީ އެލަވަންސް ކެނޑޭގޮތަށް ގަވާއިދު އިސްލާހު ކުރަން އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު އޮތް އެ ކޮމެޓީގައި ވޯޓް ނެގުމުގެ ކުރިން ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވަނީ ކޮމިޓީ ވޯކްއައުޓް ކުރައްވާފައެވެ. ކޮމިޓީން ފާސް ކުރީ މަޖިލީހުގެ ރިޔާސަތުގެ ހުއްދަނެތި ރިޔާސަތުގެ މޭޒާއި އިދާރީ މޭޒު ކައިރިއަށް މެންބަރަކު ދިޔުމަކީ ގަވާއިދު ހުއްދަ ކުރާކަމެއް ނޫން ކަމަށެވެ.

އެ އިސްލާހު ބުނާ ގޮތުން ހުރަސް އަޅާ މެންބަރެއްގެ ކޮމިޓީ ހާޒިރީގެ 55 ޕަސެންޓް އުނިކޮށް ކުރިއަށް އޮންނަ ތިން މަސް ދުވަހަށް މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރި ނުވެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. މީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ނަން އިއްވާ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުމެވަޑައި ނުގެންފިނަމަ ވެސް ކޮމިޓީ ހާޒިރީގެ 50 ޕަސެންޓް އުނިކުރުމާއެކު ތިން މަސް ދުވަހުގެ މުއްދަތަށް މަޖިލީހުގެ ދަތުރުތަކުން އެކަހެރިކުރެވޭނެއެވެ. 

މަޖިލީހުގެ މެންބަރުންނަށް ކޮމެޓީ އެލަވަންސްގެ ގޮތު 20،000ރ. ލިބެ އެވެ.

އިހުތިޖާޖް ކުރާނަމަ ކޮމެޓީ އެލަވެންސް ކެނޑޭ ގޮތަށް ފޮނުވި އިސްލާހު ކޮމެޓީން ފަސް ކުރި އިރު މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާއިން ފެށިގެން ކޮންމެ ދުވަހަކުވެސް މަޖިލީހުގެ ޖަލްސާތަކުގައި ތާޅަފިއްޔާއި ދުންމާރި އާއި ކަށިގަނޑާއި ބެނާތައް ބޭނުންކޮށް މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ގެންދަނީ އިހްތިޖާޖް ކުރަމުންނެވެ. އެ އިހުތިޖާޖްތަކުގެ ސަބުން މަޖިލީސް ޓީވީ މެދުވެރިކޮށް ދެއްކުން ވެސް ވަނީ ކަނޑާލާފައެވެ.