މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެސްއެސްސީ ހެދި ހުރިހާ ގައިދީން ފާސްވެއްޖެ

Jan 18, 2017

ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން މިދިޔަ އަހަރު އެސްއެސްސީ އިމްތިހާނު ހެދި ހުރިހާ ގައިދީން ފާސްވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވާ ކްލާސްތައް ފުރިހަމަކޮށް މި އިމްތިހާނުގައި 14 ގައިދީއަކު ބައިވެރިވެފައިވެ އެވެ. އެ މީހުން ދެ އޭ އާއި، ހަތް ބީ ފާހގެ އިތުރުން ފަސް ސީ ފާސް ހޯދާފައިވެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިފަދަ ކާމިޔާބީތައް ހޯދާ ގައިދީން، އަނބުރާ ކުށުގެ ވެއްޓަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލް ކުރެވޭނީ މުޖުތަމައުގެ އެއްބާރުލުމާއެކު އެމީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީގެން ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ގެންދަނީ ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ފޮނުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.