ބޮލީވުޑް

އަނިޔާއަށް ފަހު ޕްރިޔަންކާ އަލުން ޝޫޓިން އަށް

Jan 19, 2017

އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަށް ލިބުނު އަނިޔާ ރަނގަޅުވެ، އަލުން އެ ސީރީޒްގެ ޝޫޓިން ފަށައިފި އެވެ.

އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި ބިންމަތީގައި ބޯޖެހި އަނިޔާވުމުން އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

އަނިޔާ ރަނގަޅުވެ ޕްރިޔަންކާ އަލުން ޝޫޓިންއާ ހޯމަދުވަހު ގުޅިފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.

"ވެއްޓިގެން ލިބުނު އަނިޔާއިން މުޅީން ރަނގަޅު ނުވި ނަމަވެސް އޭނާ އަންނަނީ ރަނގަޅުވަމުން އަދި އޭނާ ހުރީ ޝޫޓިން ގައި އަލުން ބަައިވެރިވެވުނީތީ ވަރަށް އުފަލުން،" ޕްރިޔަންކާގެ ތަރުޖަމާނު ބުނެފައިވެ އެވެ.

"ކުއަންޓިކޯ" ގެ ޝޫޓިންގެ ތެރޭގައި ވެއްޓި ޕްރިޔަންކާ އަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއަށްފަހު އޭނާ އަލުން ޝޫޓިންގައި ބައިވެރިވެފައިވަނީ އަރާމުކުރުމަށްފަހު އެވެ.

"ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ޕްރިޔަންކާ ކުޅެމުން އަންނައިރު، އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" މި މޭ މަހުގެ ތެރޭގައި ރިލީޒްވާނެ އެވެ.

ދެހާސް ފަނަވަރަ ވަނަ އަހަރުން ފެށިގެން ޕްރިޔަންކާ ކުޅެމުން އަންނަ "ކުއަންޓިކޯ" ގައި އޭނާ ކުޅެނީ އެލެކްސް ޕެރިޝް ކިޔާ އެފްބީއައި އެޖެންޓެއްގެ ރޯލެވެ.