މީރާ

މީރާގެ "ހޭވައްލާ - ސާފުކުރަމާ"، ހޮނިހިރު ދުވަހު

Jan 18, 2017

މީރާއިން އިސްނަގައިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހޮނިހިރު ދުވަހު ބޭއްވުމުގެ ތައްޔާރީތައްވެއްޖެއެވެ. މީރާއިން ބުނީ "ހޭވައްލާ –ސާފުކުރަމާ" ގެ ނަމުގައި ހިންގާ އެ ހަރަކާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިތުރުން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސްކޫލުތަކާއި ކޮލެޖުތަކުން ހާހަކަށްވުރެ ގިނަ މުވައްޒަފުންނާއި ކުދިން ބައިވެރިވާނެ ކަމަށެވެ.

ސާފު ކުރުމުގެ އިވެންޓެއް މީރާއިން އިންތިޒާމު ކުރީ މަގުތަކަށާއި ޢާއްމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ، އެންމެން ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރެވެންހުރި ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް ކަމަށް ވެސް މީރާއިން ބުންޏެވެ.

މިއީ މީރާ އިން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާ ގެ ހަރަކާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ފުރަތަމަ ހަރަކާތެވެ.