ބޭރު ކުޅިވަރު

ރެއާލް އާއި ބާސާ ފަހަތަށް، މުއްސަނދި ކުލަބަކަށް މެން ޔޫ

Jan 19, 2017

މިދިޔަ 11 އަހަރު ދުނިޔޭގެ އެންމެ މުސަނދި ކުލަބު ރެއާލްމެޑްރިޑާއި މިދިޔަ ދެ އަހަރު ދުނިޔޭގެ ދެ ވަނަ އަށް އެންމެ މުއްސަނދި ކުލަބު ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓާޑް ވެއްޖެ އެވެ.

މިއީ ދެހާސް ފަސް ވަނަ އަހަރުގެ ފަހުން، ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ މަގާމަށް މެންޗެސްޓާ ޔުނައިޓަޑް އާ ދެވުނު ފުރަތަމަ ފަހަރެވެ.

ކުރީގެ އެންމެ މުއްސަދި ކުލަބު ރެއާލް މެޑްރިޑަށް މިއަހަރު ލިބުނީ ދެ ވަނަ އެވެ. އަދި ބާސާ ވެސް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ރެއާލްއާ ބާސާއާ ދެމެދު ހުރީ އެއް ލައްކަ ޔޫރޯގެ ތަފާތެވެ.

ނަމަވެސް، އިނގިރޭސި ޕައުންޑްގެ އަގު ދަށް ވެފައިވުމުން، ބާސާއާ ރެއާލްގެ މައްޗަށް މެން ޔުނައިޓަޑަށް އެގޮތުގައި ދެމި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

ޔުނައިޓަޑަށް އެހެން ޝަރަފެއްވެސް އެބައޮތެވެ. އެއީ އާންމުދަނީގެ ގޮތުގައިއެއް ސީޒަންގައި 500 މިލިއަން ޕައުންޑް ހަމަ ކުރެވުނު ފުރަތަމަ ޓީމަކަށް އެޓީމު ވުމެވެ. އެޓީމުގެ ޖުމުލަ އާމުދަނީ އަކީ 515 މިލިއަން ޕައުންޑެވެ. މިއީ ރެއާލްއާ ބާސާ އަށް ހޯދުނު އަދަށް ވުރެ 50 މިލިއަން އިތުރު އަދަދެކެވެ.

ލިސްޓްގެ ހަތަރު ވަނައިގައި އުޅޭނީ ޖަރުމަންގެ ބަޔާން މިޔުނިކެވެ. މެންޗެސްޓާގެ އަނެއް ކުލަބު ސިޓީއިން ވެސް ވަނީ ބޮޑު ކުރިއިރުމެއް ހޯދާފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރު ކުރި ސިޓީ އަށް ވަނީ 393 މިލިއަން ޑޮލަރުގެ އާންމުދަނީ އެއް ހޯދައި ލިސްޓްގެ ފަސް ވަނަ ހޯދާފަ އެވެ.

ކުރިން ހަތަރު ވަނައިގައި އޮތް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ މިފަހަރު ވަނީ ހަ ވަނަ އަށް ވެއްޓިފައެވެ. އަނެއް ތިން ޖާގަ ލިބިފައިވަނީ، އިނގިރޭސި ވިލާތުގެ އާސެނަލް އާއި ޗެލްސީ އާއި ލިވަޕޫލްއެވެ. އެތިން ކުލަބު މަގާމަށް ބަދަލެއް ނައި ނަަމވެސް، އެ ތިން ޓީމުން ވަނި މިހާތަނަށް އެ ކުލަބު ތަކުގެ ތާރީހްގައި ހޯދި އެންމެ ބޮޑު އާންމުދަނީ މިދިޔަ އަހަރު ހޯދާފަ އެވެ.

ދިހަ ވަނައިގައި އުޅެނީ އިޓަލީގެ ޔުވެންޓަސް އެވެ. އެޓީމަށް އާންމުދަނީގެ ގޮތުގައި ލިބިފައި ވަނީ 224 މިލިއަން ޔޫރޯ އެވެ. އިޓަލީގެ އޭއެސް ރޯމާ އަށް ލިސްޓްގެ 15 ވަނަ އެވެ. 218.2 މިލިއަން ޔޫރޯގެ އަންމުދަނީ އެއް ހޯދައިގެންނެވެ. ސޮޅަ ވަނައިގައި އޭސީ މިލާން އޮތީ 214.7 މިލިއަން ޔޫރޯގެ އާންމުދަނި އެއް ހޯދައިގެން ނެވެ. ވާދަވެރި އިންޓާ މިލާން އޮތީ ލިސްޓްގެ 19 ވަނަ އަިގައެވެ. އެއީ 179.2 މިލިއަން ޔޫރޯގެ އާންމުދަނީއަކާ އެކު އެވެ.

ޖަރުމަންގެ ބްރޫޝިއާ ޑޯޓަމަންޑް ލިސްޓުގެ 11 ވަަނއިގައި އުޅޭއިރު، އިނިގިރޭސި ވިލާތުން ދެން އެންމެ ކުރީގައި އުޅެނީ ޓޮޓަންހަމް އެވެ. އެޓީމު އުޅެނީ ލިސްޓްގެ 12 ވަނައިގަ އެވެ.

ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ އުލެނީ 20 ވަނައިގައެވެ.