ކުޅިވަރު

ސިމިއޯނޭ 500 ހަމަ ކުރިއިރު ބާސާ ސެމީއާ ގާތަށް

Jan 20, 2017

އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ކޯޗް ކަމުގެ ދަށުން، އެޓީމުން ކާމިޔާބު ކުރި 500 ވަނަ ލަނޑާއެކު 3-0 ގެ ނަތީޖާ އަކުން އެއިބާގެ މައްޗަށް ކާމިޔާބު ހޯދައިރު ރެއާލް ސޮސިއަދާދު މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ބާސެލޯނާ ވެސް ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރުސަތު އެ ޓީމުން ބޮޑު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓޯނިއޯ ގްރީޒްމަން އެވެ. ސިމިއޯނޭގެ ކޯޗު ކަމުގެ ދަށުން ޖެހި ތާރީހީ 500 ވަނަ ލަނޑު އެޓީމަށް ހަދިޔާ ކުރީ މާޓިން ކޮރެއާ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ 60 ވަނަ މިނެޓްގަ އެވެ. އޭގެ އަށް މިނެޓް ފަހުން ކެވިން ގެމީރޯ ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ރެއާލް ސޮސިއަދާދުއާ ދެކޮޅާށް ކުޅުނު މެޗްގައި ބާސާގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ނޭމާ އެވެ.