ހަބަރު

ހެލެނގެލި ރިސޯޓުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ކައިރީގައި އޮންނަ ހެލެނގެލި އައިލެންޑް ރިސޯޓުގައި އެ ރަށުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މާލެ އަތޮޅުގެ އެ ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ ރިޕޯޓެއް މިރޭ ފުލުހުންގެ އިދާރާއަށް ލިބިފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މަރުވެފައިވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ރިސޯޓުގެ ކޮޓަރިންނެވެ. ފުލުހުން ބުނީ، މަރުވެފައިވާ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނަން ނެތް ކަމަށެވެ.

މަރުވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ އުޅޭ ކޮޓަރިން ބޭރަށް ނުނިކުންނަތާ ގިނަ އިރުތަކެއްވީ ފަހުން މިއަދު މެންދުރުއެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށާއި ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

މިހާދިސާ ހިނގި އިރު މީރު އައިލެންޑްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ދެ ޓޫރިސްޓަކު ގެއްލިފައިވާތީ ދަނީ ހޯދަމުންނެވެ.