ލައިފްސްޓައިލް

ނުސާފު ވައިން ސަލާމަތްވާން މިއޮތީ ފަސޭހަ ހައްލެއް

Jan 21, 2017
2

ތޮއްޖެހިފައިވާ މާލޭގައި ކުޑަތަންކޮޅެއްގެ ތެރޭ އުޅޭއިރު ހަމަނޭވާލާން މަގުމައްޗަށް ނުކުތަސް ކާރުބާރު ބޮޑުކަމުން ސާފުވައިގެ ހިތް ހަމަޖެހުމެއް ނެތެވެ. ހާއްސަކޮށް ރާއްޖޭގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލެއިން ސާފުވައި ލިބޭނެ މަގެއް އެއްދިމާލަކުން ވެސް ނެތެވެ. ނޭންގޭ އެތައް ބަލިތަކަކަށް މީހާގެ ހަށިގަނޑު ހުށަހެޅުމުގެ އެެއް ސަބަބު ކަމުގައި ނުސާފުވައި ވެފައިވެ އެވެ. ނަމަވެސް ގޭގައި ހައްދާލާ ގަހަކުން މިކަމަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

އެލޯވެރާ

މިއީ ހަށިގަނޑުގެ ބޭރާއި އެތެރެއަށް ހަމައެކަނި ފައިދާ ކުރާ ގަހެއް ނޫނެވެ. މިއީ ފަސޭހައިން ގޭގައި ހައްދާލެވޭ އެތައް ގޮތަކުން ބޭނުންތެރި ގަހެކެވެ. މިއީ ގޭތެރޭގައި އުފެދޭ ނުސާފުވައި ސާފުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ހުރި ބޭނުންތަކެއް ހިފޭ ގަހެކެވެ.

ސަންސަވޭރިއާ މިކާޑޯ

މިއީ މާބޮޑު ފަރުވާލެއް ނެތި ގިނަފަހަރު އަޅާނުލާ ދޫކޮށްލެވޭ ގަހެކެވެ. ނަމަވެސް މިއީ އަހަރެމެންގެ ސިއްހަތަށް ނުރައްކާ ކުރާ އެތައް ވިހަގޭސްތަކެއް ނައްތާލުމަށް ބުރަ މަސައްކަތެއްކުރާ ގަހެކެވެ. އެގޮތުން ވައިގެތެރޭ އުފެދޭ އެތަށް ސަތޭކަ ވިހަ މާއްދާތަކެއް މިގަސް އެބްސޯބް ކުރެ އެވެ. އޭގެތެރޭ ނައިޓްރޮޖަން މިނޮކްސައިޑް އަދި ކާބަން މޮނޮކްސައިޑް ހިމެނެ އެވެ.

ސްނޭކް ޕްލާންޓް

މިއީ ވައިގެ ތެއްކަން މާބޮޑަށް ނުހުންނަ ތަނެއްގައި ވެސް ހައްދާލަން ފަސޭހަ ގަހެކެވެ. ފާހާނާ ތެރޭގައި ވެސް މިގަސް ހައްދާލެވިދާނެ އެވެ. މިއީ ފާހާނާތެރޭ އުފެދޭ ވިހަ މާއްދާތައް ނައްތާލާ ގަހަކެވެ. އެހެންވީމަ މިއީ ފާހާނާގައި ބަހައްޓަން ރަނގަޅު ގަހެއްނޫން ހެއްޔެވެ؟

ބޮސްޓަން ޕްލާންޓް

މިއީ ގޭތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ހައްދާލަން ވެސް ބަލާލަންވެސް ރީތި ގަހެކެވެ. އަދި އެއަށްވުރެ ބޮޑު އުފާވެރި ހަބަރަކީ މިގަހަކީ ވައިސާފުކޮށްދޭ ފަންސާސް ގަހުގެ ލިސްޓުގެ ނުވަ ވަނައަށް ފާހަގަކޮށްފައިވާ ގަހެކެވެ. ބޮސްޓަން ޕްލާންޓަކީ އުޅޭ މާހައުލުގައި ުއފެދޭ ނުސާފުވައި ސާފުކޮށްލުމަށް ކޮންމެ ހެން ވެސް މުހިންމު ގަހެކެވެ.

ސްޕައިޑާ ޕްލާންޓް

މިއީ ފަސޭހައިން ހައްދާލެވޭ އަދި އެހާމެ ލޯބި ގަހެކެވެ. މިއީ ގޭތެރޭގެ ޒީނަތްތެރި ކަމަށް ވެސް ހައްދާލެވިދާނެ ފަދަ ގަހެކެވެ. އަދި މިއީ ގޭތެރޭގައި ގެންގުޅޭ "ޕެޓް" ތަކާއި ވެސް ރައްޓެހި ގަހެކެވެ. ސަބަބަކީ މިގަހުގެ ފަތެއް ކެއުމަކުން އެއްވެސް ކަހަލަ ގެއްލުމެއްނުވާނެތީ އެވެ. މިއީ ވެސް ވައިގެތެރޭ އުފެދޭ ނުސާފު ކުނިތައް ސާފުކޮށްލުމަށް އެއްވަނައިގެ ގަހެކެވެ.