ބޭރު ކުޅިވަރު

ކޮސްޓާ ޗެލްސީގައި ހުންނާނެ ކަމުގެ ޔަގީންކަން ކޮންޓޭ ދީފި

Jan 21, 2017

މި ސީޒަން ނިމެންދެން ޗެލްސީގައި ސްޕެއިންގެ ޑިއޭގޯ ކޮސްޓާ ހުންނާނެ ކަމަށް ޗެލްސީގެ ކޯޗް އިޓަލީގެ އެންތޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗައިނާގެ ކުލަބަކުން ކޮސްޓަ ގެންދަން ބޮޑު އަގެއް ހުށަހަލަފައި ވާތީ، އޭނާ އެޓީމަށް ދާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް ކޮންޓޭ ބުނީ ޗެލްސީގައި ކުޅުމަކީ ކޮސްޓާ އަށް ލިބޭ އުފަލެއް ކަމަށެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް ޖކުޅުނު މެޗަށް ކޮސްޓަ ޓީމާ އެކު ދަތުރު ކޮސްފަ އެއް ނުވެ އެވެ. ރިޕޯޓް ތައް ބުނާ ޓީމާއެކު ޗެލްސީ ނުދިޔައި ފިޓްނަސް ކޯޗާ ޖެހުނު މައްސަލައަކާ ގުޅިގެން ނެވެ. ނަމަވެސް ކޮންޓޭ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

ކޮންޓޭ ބުނީ ކޮސްޓާ އެ މެޗަށް ނުދިޔައީ، ޕްރެކްޓިސް ކުރަނިކޮށް އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް މިހާރު އެ އަނިޔާއިން ރަނގަޅު ވެފައިވަ ކަމަށައި މާދަމާ ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ކޮސްޓާ އަށް ފުރުސަތު ދޭނެ ކަމަށް ކޮންޓޭ ބުންޏެވެ.

"ވަރަށް ގިނަ ތުހުމަތުތައް ޑިއޭގޯއާ ބެހޭގޮތުން ކުރެވުނު، ނަމަވެސް މިހާރު އެންމެ މުހިންމު ވާހަކަ އަކީ އޭނާ އަހަރެމެންނާ އެކު ޕްރެކްޓިސް ކުރަކަން އޭނާގެ ބުރަކަށްޓާަށް ލިބުނު އަނިޔާ ވަނީ ރަނގަޅުވެފަ." ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ކޮސްޓާ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން އޭނާއަށް އެނގޭނެ ކަމަށެވެ.